އައްޑޫ ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވީ މީހާގެ ނަތީޖާ މިހާރު ނެގެޓިވް ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (ޢެޗްޕީއޭ) އިން ދާދި ދެންމެ ވިދާޅުވީ، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އައިޖީއެމް ހޮސްޕިޓަލަށް ގެނައި ބަލިމީހާގެ ފުރަތަމަ ކޮވިޑް-19 ސާމްޕަލް ޕޮޒިޓިވް ވެފައިވީ ނަމަވެސް، ދެވަނައަށް ނެގި ސާމްޕަލްގެ ނަތީޖާ ނެގެޓިވް ކަމަށެވެ.
The patient transferred from Addu Equatorial Hospital to IGMH who was previously found to be POSITIVE is now confirmed as NEGATIVE to COVID-19.
— Health Protection Agency (@HPA_MV) May 9, 2020
މިރޭ އެންއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އައްޑޫ ސިޓީއިން މާލެ ގެނައި މީހާގެ ފުރަތަމަ ސާމްޕަލް ޕޮޒިޓިވް ވެފައިވީނަމަވެސް، އެކަން އިތުރަށް ކަށަވަރުކުރުމަށް ދެވަނަ ސާމްޕަލެއް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިފަދަ ގޮތަކަށް މި މީހާގެ ނަތީޖާތައް އައިސްފައިވާއިރު، މިކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި ތިންވަނަ ސާމްޕަލެއް ނަގާފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެކަން ސަރުކާރުން އަދި ކަށަވަރުކޮށް ނުދެއެވެ.
އައްޑޫ ސިޓީން މާލެ ގެނައި އެ މީހާ ރަށަށް ގޮސްފައިވަނީ މާޗު މަހުގެ 13 ވަނަ ދުވަހު ރިސޯޓެއްގައި ވަޒީފާ އަދާ ކުރުމަށްފަހު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާގެ ފުރަތަމަ ޓެސްޓުން އޭނާ ޕޮޒިޓިވް ވުމުން މިހާރު ވަނީ އޭނާގެ ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް ފަށާފައިވާއިރު، 26 މީހަކާއި އޭނާއާއި ޑައިރެކްޓްވެގެން ގޭގައި ތިބުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގާފައިވެއެވެ.





ހިޔާލު
އިިއްޔެ ޕޮޒިޓިވް ވި މީހަކު މިއަދު ޓެސްޓް ހެދުމުގެ ބޭނުމަކީ ކޮބާ؟ އޮޅުވާލުން! ނުބައިކޮށް ޓެސްޓް ހެދުނަސް ރައްޔިތުންނަށް އަންގާލަބަލަ! ރަށެއްގެ ޕޮޒިޓިވް ވި ކުއްޖާ ބަހައްޓާފަ ނެގެޓިވްވި ކުއްޖާ ކަރަންޓީން ފެސިލިޓީއަށް ގެންދިޔަހެން!!!