އަލީ ވަޙީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ | ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ބޯޑަރުތައް ހުޅުވާނީ ބަލި ކޮންޓްރޯލް ކުރުމަށްފަހު: ޢަލީ ވަޙީދު

ދިިވެހިރާއްޖޭގެ ބޯޑަރުތައް ހުޅުވާނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްފަހުކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޢަލީ ވަޙީދު ވިދާޅުވީ، ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާނީ ޓޫރިޒަމް މިނިސްޓްރީއިން ގެނެސްފައިވާ ޑޮކްޓަރުންގެ ލަފަޔާއެކު އިންޑަސްޓްރީގެ މަޝްވަރާއާ އާންމުންގެ ޚިލާއެކުކަމަށެވެ. އަދި އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ބެލުމަށް އަދި ބަލިކޮންޓްރޯލް ވުމަށްފަހުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން ޢަލީ ވަޙީދު ވިދާޅުވީ، ޓޫރިޒަމް އަލުން ފަށައިގަންނާނީ ކިހިނެއްތޯ ބެލުމަށް ކަރުދާހެއް ތައްޔާރުކޮށް މިހާރު ރައީސް އޮފީހަށް ހުށަހަޅައިފައިވާކަމަށާއި، އެ ކަރުދާހާ މެދު ގޮތެއް ނިމުމަށް ފަހު ޓޫރިޒަމް އަލުން ފަށާނީ މި ސިނާއަތުގެ ތަޖުރިބާކާރުންނާ މަޝްވަރާކުރުމަށް ފަހުކަމަށެވެ.

އެގޮތުން ފުރަތަމަ ހުޅުވާނީ އެއަރޕޯރޓްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިވަގުތު އެންމެ ބޮޑު ފޯކަސްއެއް އޮތީ މި ބަލިން ސަލާމަތް ވުމަށް." ޢަލީ ވަޙީދު ވިދާޅުވިއެވެ.

މީގެއިތުރުން ޢަލީ ވަޙީދު ވިދާޅުވީ، ޤަވާޢިދުތައް އިސްލާޙުކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށާއި، އަލުން ޓުއަރިޒަމް ފަށައިގެންދާއިރު އެންމެ ފުރަތަމަ ޓުއަރިސްޓް އަންނަ ދުވަހު 'ޓުއަރިޒަމް އެމްޕްލޯއީސް އެޕްލިކޭޝަން' ލޯންޗު ކުރެވޭނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ