ޤުލްފިޝާން ޖަމީލް

ޤުލްގެ ކުރެހުންތަކުން ޅަދުވަހުގެ ހަނދާން އާކޮށްފި...

އެދުވަސްވަރަކީ، ގޭގައި ކުޅޭނެ ޓެބްލެޓުތަކާއި ސުމާޓު ފޯނުތައް ހުރި ޒަމާނެއްނޫނެވެ. ގޭގައި ނަމަ އޮންނާނީ ފިލާވަޅު ދަސްކުރުމެވެ. ޤުރުއާން ކިޔެވުމެވެ. އޭގެ ފަހުން، ގޭދޮށުގައި ކުޅޭ ބައެއް ކުޅިވަރުތަކެވެ. 'މުށި' ކުޅުމެވެ. އެހެންޏާ 'ކޮރޭ' ކުރުމެވެ. އެހެންޏާ 'ފިއްލަ ފިއްލަ' ނޫނީ 'އައިސް-ވޯޓާ' ކުޅުމެވެ. ގޭދޮށުން ދުރަށް ޖެހިލާނަމަ، ދެވޭނީ ކޮންމެވެސް އަތިރިއަކަށެވެ. ދޭ އަތްވަކަށް، ވެހޭ ވާރޭއަކަށް ބެލުމެއް ނޯންނާނެއެވެ.

އެއީ އަހަރެމެންގެ ޅަދުވަސް ހޭދަކުރި ހިތްގައިމު ޒަމާނެވެ. މި ދުވަސްތަކުގެ ހަނދާން އަލުން އާކޮށްދިނީ ޤުލްގެ އަތު ކުރެހުންތަކުުންނެވެ. "art of childhood by gul" ގެ ނަމުގައި މީސްމީޑިއާއަށް ދޫކޮށްލި ފޮޓޯތަކުންނެވެ.

އޭގެ ތެރެއިން ފޮޓޯއެއްގައި ދައްކައިދެނީ ހިލަގަލުގައި ގާނައިގެން ކޯލާ ދަޅުގެ މަތިކެނޑުމެވެ. އެ ފޮޓޯ އިތުރަށް ފުރިހަަމަ ކޮށްދެނީ، ޤުލްގެ ޅަދުވަހާ ކޯލާދަޅުގެ މަތިކެނޑުމާ ގުޅުވައިދޭ ޙަޤީޤީ މަންޒަރެވެ. ޖެހިގެން ހުރިގޭގެ ސަބުދެލި ގަހާއި ކުންނާރުގަހެވެ. ފެންފޯއް ރުކާއި އެ މާހައުލެވެ.

އަނެއް ކުރެހުމުން ދައްކައިދެނީ، ނޮޅިވަރަމުގެ ދުވަސްވީ މިސްކިތެވެ. ބުނެވޭ ގޮތުގައި އުމުރުން ދޮޅު ގަރުނަށްވުރެ ދުވަސްވީ ބޯށިމަގު މިސްކިތެވެ. އަދި މިސްކިތްދޮށާއި ގުޅިފައިވާ ބައެއް ހަނދާންތަކެވެ. ގުލްސަންޕާމާ ބިނުމާއި މިސްކިތުވަޅުން ފެންވެރުމާއި އަދިވެސް ގިނަ ހަނދާންތަކެކެވެ. މިއީ ޤުލްގެ ކުރެހުމުގެ ހުނަރު ދައްކައިދޭ ވަރަށް ފުރިހަމަ ކުރެހުމެވެ.

ހދ ނޮޅިވަރަމު / ނަންކުރާގެ، ޤުލްފިޝާން ޖަމީލް 28އ، ޤަބޫލުކުރާގޮތުގައި އޭނާގެ މި ހުނަރަކީ އުފެދުމުގައި ހުރި ހުނަރެކެވެ. ކުރަހަން ވަރަށް ޅައުމުރުގައި ފަށައިފިއެވެ. މިހާތަނަށް އައިއިރު އެނާ ވަނީ މި ހުނަރު ގިނަ ގޮތްގޮތަށް ދައްކައިދީ މީހުން އާޝޯޚުކޮށްލައިފައެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
2510

ހިޔާލު

  1. Vaa goathi kujjeh

    Haadha molhey dhw… Masha Allah
    Keep it up ???

  2. ާާާޢާނިސް

    ޥަރަށް ރީތި ?

    10

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް