ވެމްކޯ މުވައްޒަފުންގެ ރެމްޑަމް ސާމްޕަލްތައް ނެގެޓިވް

ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ގޮތުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) މުވައްޒަފުންގެ ތެރެއިން ރެންޑަމްކޮށް ނެގި ސާމްޕަލްތައް ނެގެޓިވް ވެފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އާދަމް ވިދާޅުވެއްޖެއެވެ.

ރެމްޑަމް ސާމްޕަލްތައް ނެގެޓިވް ވެފައިވާއިރު، އެ ކުންފުނީގެ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ މީގެ ކުރިން ކޮވިޑް އަށް ޕޮޒިޓިވް ވެފައެވެ. އަދި އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން މީހުން އައިސޮލޭޓްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅާފައިވާކަމަށްވެސް ވެމްކޯއިން ހާމަކުރައްވާފައިވެއެވެ.

ވެމްކޯއިން ރެމްޑަމްކޮށް ސާމްޕަލްތައް ނަގާފައި ވަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ތެރެއިން ގޭގެއަށް ގޮސް ކުނި ނަގާ މުވައްޒަފުންގެ ތެރެއިންނެވެ. އަދި އެމީހުންގެ ސާމްޕަލްތައް ނަގާފައި ވަނީ ކޮވިޑަށް ޕޮޒިޓިވް ވި އެކުންފުނީގެ ކޯލް ސެންޓަރގައި މަސައްކަތްކުރާ މުވައްޒަފު ޕޮޒިޓްވިކަން އެނގުމުގެ ކުރިންނެވެ.

ވެމްކޯގެ އިތުރުން ޖަލުންވެސް ވަނީ ރެންޑަމް ސާމްޕަލް ނަގާފައެވެ. ޖަލުން ނެގި ސާމްޕަލްތަކުގެ ތެރެއިން 22 ސާމްޕަލްއެއް ގެނެޓިވް ވެފައިވާކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މާލެސަރަހައްދުގައިި ކޮވިޑް-19 ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން މަގުމަތިން ރެމްޑަމްކޮށް ނަގާފައިވާ ސާމްޕަލެއްވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި މިހާތަނަށް 904 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ