ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުން އިންޑިއާއަށް ގެންދިޔުމަށް ބޭއްވި މަނަވަރު ދަތުރުތަކުގައި ގެންދިޔަ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިކަން ވަނީ އިންޑިއާގެ ނޫހެއް ކަމުގައިވާ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓު ކޮށްފައެވެ. އިންޑިއާގެ ޓެމިލްނާޑުގެ ސްޓޭޓެއް ކަމަށްވާ ޓްރިޗީގެ އެ ދެ މީހުން ޕޮޒިޓިވްވިކަން އެނގުނީ، އެނބުރި އިންޑިއާއަށް ދިއުމާ އެކު އިއްޔެ ކުރި ޓެސްޓުންނެވެ.
މި 2 މީހުންނާއި ގުޅޭ އިތުރު ތަފްޞީލެއް އެ ނޫހުގައި ހާމަކޮށްފައި ނުވާއިރު އިންޑިއާގެ ރަސްމީ އިދާރާއަކުން އަދި މިކަމާއި ގުޅޭ ގޮތުން ބަހެއް ބުނެފައި ނުވެއެވެ. އަދި އިންޑިއާގެ 2 މަނަވަރެއްގައި މީހުން ގެންގޮއްސައިވާއިރު ޕޮޒިޓިވް ވެފައިވަނީ ކޮން މަނަވަރެއްގައި ދިޔަ 2 މީހުން ކަމެއްވެސް ރިޕޯޓުކޮށްފައި ނުވެއެވެ.
އެޕްރީލް 8 ވަނަ ދުވަހު، އެންމެ ފުރަތަމަ ދިޔަ މަނަވަރުގައި ރާއްޖާގައި އުޅޭ އިންޑިއާ މީހުންގެ 698 މީހުން ވަނީ ގެންގޮސްފައެވެ. އެޕްރީލް 11 ވަނަ ދުވަހު ފުރި 2 ވަނަ މަނަވަރުގައި، 202 މީހުން ވަނީ އިންޑިއާ އަށް ގެންގޮސްފައެވެ.
އިންޑިއާއިން ދަނީ އެކި ގައުމު ތަކުގައި ތިބި އެގައުމުގެ ރައްޔިތުން އިންޑިއާ އަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކި ގައުމުތަކަށް އެގައުމުން ދަނީ ފްލައިޓުތައް ހަމަޖައްސަމުންނެވެ.




