ލޮކްޑައުންގެ ސަބަބުން ފަރުވާނުދެވި މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެ

ލޮކްޑައުންގެ ސަބަބުން ފަރުވާނުދެވި މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެއެވެ.

މި މައްސަލަ މީސްމީޑީއާގައި މީހުންގެ ސަމާލުކަމަށް ގެންނަމުން މީހަކު ބުނެފައިވަނީ، އިއްޔެ ތޮއްޑޫ ސިއްހީމަރުކަޒަށް ގެނެވުނު މާބަނޑު އަންހެނެއްގެ ބަނޑަށް 8 މަހުގެ ދަރިފުޅު މަރުވެފައިވަނީ ފަރުވާނުދެވި، އަދި ލޮކްޑައުންގެ ސަބަބުން އިތުރު ފަރުވާއަށް އެހެން ހޮސްޕިޓަލަކަށް ނުގެންދެވުމުގެ ސަބަބުން ކަމަށެވެ.

"މާބަނޑު މީހަކަށް ހިދުމަތް ނުލިބި، ރަސްދޫ ހޮސްޕިޓަލަށް ގެންދަން ހުއްދަ ނުލިބި، މާލެއަށް ގެންދަން ހުއްދަ ނުލިބި ބަނޑުގައި އޮތް ދަރިފުޅު ބަނޑަށް ވަނީ މަރުވެފައި." ކަންބޮޑުވުން ފާޅުކޮށް އެމީހާ ބުނެފައިވެއެވެ.

މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މާބަނޑު މީހާ ތޮއްޑޫ ޞިއްޙީމަރުކަޒަށް ގެންގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ނަމަވެސް އެމީހާ ވިއްސޭނެފަދަ ގޮތެއްވެސް ނެތް އެ ޞިއްހީމަރުކުން އެހެން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ހުއްދަ ނުލިބި ބަނޑުގައި އޮތް ކުއްޖާ މަރުވެފައިވަނީ މިއަދުއެވެ.

13 may 2020 vana duvahu , Thoddoo sihee marukazah gendevunu maa bandu meehakah hidumah nudevi , rasdhoo hospital ah...

Posted by Silvarey Zivarey on Thursday, May 14, 2020

މީސްމީޑިއާގައި މި މައްސަލަ ފެންމަތިކުރުމުން އެ ޕޯސްޓަށް ތޮއްޑޫ ޑާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޝިޔާންވެސް ވަނީ ކޮމެންޓް ކުރައްވާފައެވެ.

"އަޅުގަނޑަށް ތިކަމުގެ މަޢުލޫމާތު ލިބުނު ހިސާބުން ފެށިގެން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް، ސީދާ ނައިބު ރައީސްގެ ބެލުމުގެ ދަށުން އެ ގެންދަވަނީ ތަޙްޤީޤު ކުރަމުން. އަދި ތިކަހަލަ ދެވަނަ ހާދިސާއެއް ހިނގިޔަ ނުދިނުމަށް ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރާނެ." ޝިޔާންގެ ކޮމެންޓްގައި ލިޔުއްވާފައިވެއެވެ.

ތޮއްޑޫ ޞިއްޙިމަރުކަޒު ހިންގުމާ ހަވާލުވެހުންނެވި ޝިފާޒް މިނޫހަށް ވިދާޅުވީ، މާބަނޑުމީހާ ޞިއްހީމަރުކަޒަށް ގެނެވުނީންސުރެވެސް އިތުރު ފަރުވާއަށް ހޮސްޕިޓަލަކަށް ފޮނުވާލުމަށް މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް ބަނޑަށް ދަރިފުޅު މަރުވީ އިތުރު ފަރުވާއަށް ހޮސްޕިޓަލަކަށް ގެންދެވޭގޮތް ނުވެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ރަސްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ބަލީމީހާ ފޮނުވާލަން ކަމަށާއި، ނަމަވެސް އެ ހޮސްޕިޓަލުން އަންގާފައިވަނީ އެ ކޭސް އެ ހޮސްޕިޓަލްގައި ހޭންޑްލް ނުކުރެވޭނެ ކަމަށް ކަމަށެވެ. އެހެންކަމުން ދެން މަސައްކަތްކުރެއްވީ ބަލިމީހާ މާލެ ފޮނުވާލަން ކަމަށާއި، ނަމަވެސް މާލެ ފޮނުވުމުގެ ހުއްދަ ލިބުނުއިރު "ވަގުތު ފާއިތުވެއްޖެ" ކަމަށް ޞިއްހީމަރުކަޒު ހިންގުމާ ހަވާލުވެހުންނެވި ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ، މި ކޭސް ހެލްތު މިނިސްޓްރީން އިތުރަށް ބަލަމުންދާތީވެ، އެކަމުގެ ތަފްސީލު މަޢުލޫމާތު އެ މިނިސްޓްރީއާއި ހިއްސާކުރައްވާފައިވާނެ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި ރާއްޖެ ލޮކްޑައުންކޮށްފައިވާއިރު، އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވެނީ ހުއްދަ ހޯދައިގެންނެވެ. މިކަމާ ގުޅިގެން ސުވާލުކުުރުމުން ތޮއްޑޫ ކައުންސިލުން ވިދާޅުވީ، މި ހާދިސާއަކީ އެ ކައުންސިލުން ހުއްދަ ނުދީގެން ރަށުން ނުފުރިގެން ހިނގާފައިވާ ހާދިސާއެއް ނޫން ކަމަށާއި، ޞިއްހީ ފަރުވާދޭ ތަންތަނަށް ބަދަލުކުރުމުގައި މައްސަލައެއް ދިމާވެގެން އުޅޭކަމަށް ބެލެވޭ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ގެނެވިފައިވާ ބަދަލުތަކާއި ދަތުރުފަތުރަށް ހުރި ދަތިތަކާއި ގުޅިގެން އަތޮޅުތަކުގައި އިތުރު ފަރުވާއަށް ބޭނުންވާ ބައެއް ބަލިމީހުންނަށް އެކަށީގެންވާ އަވަސްމިނެއްގައި ފަރުވާ ލިބުމުގައި ދަތިތަކެއް އުޅެއެވެ. މިފަދަ މައްސަލަތަކުގެ ވާހަކަތައް މީސްމީޑިއާގައި މިހާރުވެސް ދެކެވެމުންދާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
25313513
ގުޅުންހުރި ލިޔުންތައް

13 Responses

  1. Aisha.

    Mi habaruga ginaee dhogu vaahaka. Heyo dhuaaeh kollaa nudhin thaanga maimeehaa ge kudhi kudhi vaahen habaru thah fathuranee keevvebaa?,!?

  2. Fathuma

    Igmh in ves balimeehunah faruvaaeh nudhevey I lockdownveema. Emergency vanee doctorah emergency veemayo. Doctorah emergency vanee meeha maruveema. Ajaibeh kahala sarukaareh miiothee mee mdp meeheh. Ekamaku masalaan ibu akah voteh nudheynan

  3. Aina

    Ethah bayaku maraane lockdown ey kiyaigen. Balimeehunah faruvaaeh nudhevey ekamaku Maaley magumathi furendhen meehun

  4. Agenda 19

    noon hama kame vaaira dhaan thayaara abadhu launch ge hungaanuga hifaagen noon. Aasandha ge irushadha mndf in thayaaru ve bali mehaa ge aailaa in dhaan eh bas nuve nuvatha bali meehaa dhathuru kuran eh as nuve mndf meehun ge etha vaguthu thake ves beykaara vegen gosa huri haalu dhivehi a mi kantha tha kuran ulhey meehun kodhey kantha balaa nuganevun ey vara bodu masla eh. Liyaa ehchis noos verin ves balaa thahugeegu ko hagee gatha a eh gotha kiun vara ragalhu

  5. Bulbul

    QAUM LOCKDOWN AKAH DHAAIRU MIKAHALA KANKAMAH RIYAA AIH NUKOH TAS TAS LAAFA KAKAN NINMAATHEE MAHSALA AKI, MI KAMUGE ZINMAVANE MEEHAKU NUHUNNAANE, EYNA BUNANE THIMANNA ENGEYME. KONME BAYAKU KURI KAMUGAIVIYAS THO OTHEE IHUMAALU VEFA KONMES EHDHUVAHAKUN JAVAABU DHEYJEHEYNE. MI QAUM GA EYRUS MIHAARU JAREEMA.

  6. ާސޮފާ ސައީދު

    Aasandha adhi sarukaaru ge ehen idhaaraa thakun kithah meehun tho emergency haalath ge male adhi atholhu hospital thakah gengosgen faruvaadhee dhaaimee bodu balimadukamakun salaamaiy kuree. Ekamaku evves bayaku evaahakaeh nudhakka dhehtho.
    Abadhuves nuve dhiya kamehge vaahaka dhakkanee. Mee dhivehinge visnun huri hisaabu. Dhuvahakues bayaku jaanun gurubaan vegen kuraa khidhumaiy balaeh nugannnane. Varah vedhun ?

    7
    1
  7. Mainaa

    Meedhen boduvaru dho. Konme kamehves covid bolah.

  8. Hithaama kuraahaaluga

    Th.thimarafusheegaves bandubodu myhunn bandah thadhuvaathy dhiumunves scan hadhanves nufonuvai veymandu ga ekani hunnany th.atoll hospital eh.bleed vymaves doctorah dhahkan dhiumun bed rest 20 dhuvas bed rest 1mas dhuvas jahaalaafa fonuvaalany.veymandu gyny ah gulhumunves eynavx bunany nufonuvumah.bandubodu myhunn fonuvai dhinumah aadheys kuraairuves alhaa nulai beys dhyfa bed rest ey kiyaafa fonuvaalany mihaaru mivany 2 mahahvuren gina dhuvas scan ves nuhadhaathaa.kithamme boduvaruvegen dhiyaa myhaa maru nuvanyaa nufonuveynekamah angany

  9. ޢަބްދުﷲ މުޙައްމަދު

    ފަރުވާ ނުލިބުމަކީ މައްސަލައެކެވެ. މީއަޅުގަނޑުމެންގެ ނިކަމެތިކަމެވެ. ފަރުދީޒިންމާގެ ބަދަލުގައި -/500،ރުފިޔާ ނުނަގަންވި ސަބަބެވެ.
    އިންސާނާގެ ފުރާނަގެންދަވާ ވަގުތު އެނގިގެނެއްނުވެއެވެ. އެފުރާނައިގެ މިލްކުވެރި ފަރާތަކީ ހަމައެކަނި އެއްކައުވަންތަ ކަލާނގެއެވެ.

    12
    1
  10. Concerned citizen

    Aslu vaanuvaa neygey meehun task force thakah lain emeehun beynunvaa bayakah huhdha dheefa ehurihaa sakaraathe jahan vegen mikan mihen mi dhimaavee mikamuge zinmaaa nagan jehey faraiytha hoadhaaa harukashi adab dheyn jehey mee thakuraaru vegen vaane kankameh noon rahrasha erumuge huhdha taskforce ya councilthakah huhdha dhinumuge baaru dhevifa oiy iru emeehunge faruvaakuda kamun niyaavi dhariyakee mayakah eyna 8 mas vandhen eveynuga edhari eynage banduga gengulhuny mi dhuniyeh eyna neyvaalaaane kamuge unmeedhuga . Edharifulhaamedhu kurevifaivaaa ethah unmeedhu thaken fundu funduvegen edhiyaeee naagaaabil vaanuvaaneygey meehun taskforce gayaa councilga thibeema .mee hithaama hurikankan mi kankamah fiyavalhu alhan sarukaarah govaalan. Meehama bayehge ihumaalun vefahuri kankan.

  11. ކަރާބެ

    ޤަބޫލު ކުރަން ވަރަށް ދަތި، ހުއްދަ ލިބިގެން މި ލޮކްޑައުންގަ ވިހަން ދެވޭ އެއްރަށުން އަނެއް ރަށަށް، ޖެހިގެން އަތޮޅަށް ގޮސް ޥެސް މާބަނޑު މީހުން އެބަ ވިހާ.. ތޮއްޑޫގެ މައްސަލައެއް ހިންދާލަން އުޅޭހެން ޙާދަހީވޭ

    11
    1
  12. ތޮއްޑޫ ޓާސްކުފޯސް ކަރަމް

    ޢަޅުގަނޑުމެން ބެލީ ރައްވަށާ ބުރުޖެހޭތޯ، ތީގަ ގޯހީ ހުއްދަނުނަގާ ރޭކޮއް ބަނޑުބޮޑުވި ދހެމަފިރިން އިނގޭތޯ.

    3
    5
  13. މަޢިމޫނާ

    މި ލޮކްޑައުން ޢުވާލަންވެއްޖެ މިހާރު ބޮޑު މިސީބާތަކަށް ވެއްޖެ މިކަން

    6
    8
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ