ބޯކޮށްވާރޭ ވެހި އައްޑޫސިޓީގެ އެއެއްގައި ފެންބޮޑުވެފައި - ފޮޓޯ އައްޑޫ ސިޓީ ކައުންސިލް

ފެންވަދެ އައްޑޫ ސިޓީގެ 151 ގެއަކަށް ގެއްލުންވެއްޖެ

އިއްޔެ އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި 151 ގެއަކަށް ފެންވަދެފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ރޭ ހާމަކުރައްވާފައިވާ ގޮތުގައި މެދު ނުކެނޑި ވޭތުވެދިޔަ 24 ގަޑިއިރު އައްޑޫ އަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫގެ އެކި އަވަށްތަކުގައި ފެންބޮޑުވެ، ގިނަ ގޭގޭ ތަކަށްވެސް ވަނީ ފެނުގެ އަސަރަ ކޮށްފައެވެ. އަދި ހާލުގައި ޖެހުނު ގޭގެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލުން ކޮށްފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާލުވައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ ހާލުގައި ޖެހުނު ގޭގޭގެ، 400 މީހުންގެ ރޯދަވިއްލުން އެ ކައުންސިލުން ހަމަޖައްސައިދީފައިވާކަމަށެވެ.

އައްޑޫ ސިޓީއަށް އިއްޔެ ވަނީ ވަރަށް ބޯކޮށް ވާރޭވެރި، މަގުތަކުގައި ފެން ބޮޑުވެ ގިނަ އަދަދެއްގެ ގެތަކަށްވެސް ފެންވަދެފައެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި މި ވިއްސާރައިގައި ފެންބޮޑުވެގެން 151 ގެއެއް ވަނީ ރެކޯޑް ކުރެވިފައިވަނީ ރެކޯޑްކުރެވިފައެވެ. އެއީ ފޭދޫ 93 ގެ އަކާއި، މަރަދޫ ފޭދޫ 19 ގެއަކާއި، މަރަދޫ 11 ގެއެއްގެ އިތުރުން ހިތަދޫ 28 ގެއެކެވެ.

ފެން ބޮޑުވެގެން ފެން ހިއްކުމާއިި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފްއާއި ޕޮލިސް އަދި ސިޓީ ކައުންސިލާއި ރައްޔިތުން ގުޅިގެން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ