ފުވައްމުލަކުގައި މަރުވި ބިދޭސީއަކު ކޮވިޑްގެ އުސޫލުތަކާ އެއްގޮތަށް ވަޅުލައިފި

ފުވައްމުލަކުގައި ކުއްލި ގޮތަކަށް މަރުވި ބަންގްލަދޭޝްގެ ރައްޔިތަކު ކޮވިޑް-19 ޖެހިގެން ނުވަތަ އެ ބައްޔަށް ޝައްކުކުރެވޭ މީހުން ވަޅުލާ އުސޫލުން ވަޅުލައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން އާއި ހަވާލާދީ "މިހާރު" ނޫހުގައި ބުނެފައި ވަނީ، ބަންގްލަދޭޝް އަށް ނިސްބަތްވާ އެ މީހާ މަރުވެފައި ވަނީ ކުއްލި ގޮތަކަށް ކަމަށާއި، އެ މީހާ ވަޅުލީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިރުޝާދާ އެއްގޮތަށް، ކޮވިޑް-19 ޖެހިފައިވާ މީހުންނާއި އެ ބައްޔަށް ޝައްކު ކުރެވޭ މީހުން ވަޅުލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

އެސްއޯޕީގައިވާ ގޮތުން، ކޮވިޑް-19 ފެތުރެމުންދާ ރަށެއްގައި ވަކި ސަބަބެއް ނޭނގި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރަން ޖެހޭނީ، ހާއްސަ އުސޫލުގެ ދަށުންނެވެ. އެކަމަކު، ފުވައްމުލަކުގައި އެ ކޮވިޑް-19 އުޅޭ ކަމެއް މިހާތަނަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.

މަރުވި މީހާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ ފުވައްމުލަށް ސިޓީ ކައުންސިލުގެ މުވައްޒަފުންނެވެ.

މަރުވި މީހާގެ ސާމްޕަލް ނަގާފައިވާއިރު، ސީދާ އޭނާއާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ވެސް މިހާރު ވަނީ ނަގައިފައި ކަމަށް ފުވަމުލަކު ކައުންސިލުން މައުލޫމާތު ދެއެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް ހަތަރު މީހަކު މަރުވެފައި ވާއިރު، ރާއްޖެއިން މިބައްޔައް 1020 މީހަކު ވަނީ ޕޮސިޓިވް ވެފައެވެ. އަދި 46 މީހަކު މިބަލިން ރަނގަޅުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ