ގެއަކަށް ފެންވަދެފައި- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫގެ 161 ގެއަށް ފެންވަދެ ގެއްލުން ލިބިއްޖެ

މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ގުޅިފައިިވާ ރަށްތަކުން 161 ގެއަކަށް ފެން ވަދެ، ގެއްލުން ވެގެން ރިޕޯޓުކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އައްޑޫއިން އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ފޭދޫ އަވަށަކަށް ކަމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަރު ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. ކާނަލް ވިދާޅުވީ ފޭދޫގެ 97 ގެއަކުން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައި ވާކަމަށާއި އަދި ހިތަދޫގެ 28 ގެއަކާއި މަރަދޫފޭދޫގެ 24 ގެއަކާއި މަރަދޫގެ 12 ގެއަކުންް ރިޕޯޓްކޮށްފައި ވާކަމަށެވެ.

މި ހުރިހާ ގެތަކުން ގުޅި ނަމަވެސް މީގެ ތެރެއިން އެޓެންޑު ވެވިފައި ވަނީ ވަރަށް މަދު ގެތަކަކަށް ކަމަށާއި އެއީ މަގުތަކުގައި ވަރަށް ބޮޑަށް ފެން ހެދިފައިވުމުން އެ ފެންގަނޑު ހިންދުމަށް ކުރަން ޖެހުނު މަސައްކަތް ކުރަން ހާއްސަ ސަމާލުކަމެއް ދީފައި ވުމުންކަމަށްވެސް ކާނަލް ވިދާޅުވިއެވެ.

ކާނަލް ވިދާޅުވީ ހުރިިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން، ފެން ހިންދުމުގެ މަސައްކަތުގައި ސަދަން އޭރިއާގެ ސިފައިން ވަރަށް ބުރަކޮށް މަސައްކަތް  ކޮށްފައިވާ ކަމަށެވެ. އެގޮތުން ބައެއް ގެތަކުގައި ވެލި ބަސްތާ ޖައްސައިދިނުމުގެ މަސައްކަތް ވެސް ސިފައިން ކޮށްދީފައިވާއިރު، ހިތަދޫގެ ހަ ގެއެއްގައި 26 ބަސްތާ، ފޭދޫގެ 11 ގެއެއްގައި 58 ބަސްތާ އަދި މަރަދޫފޭދޫގެ ގެއެއްގައިވެސް ބަސްތާ ޖަހާދީފައިވާނެ ކަމަށް ކާނަލް ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ