މި މަހުގެ 28 ގެ ނިޔަލަށް މީރާ ބަންދު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށް، ހިނގަމުން މިދާ މޭ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސައިފައިވާތީ، މި މުއްދަތުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވެސް ނުހުޅުވާނެ ކަމުގައި އެ އޮތޯރިޓީ އިން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 މާލޭގައި ފެތުރެން ފެށުމާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވާޅުތަކާއެކު އޭޕްރީލް 15 އިން ފެށިގެން މީރާވެސް ވަނީ ބަންދުކޮށްފައެވެ. މީރާ އިން ވިދާޅުވެފައިވަނީ މިދިޔަ އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން މީރާ ހުޅުވާފައި ނުވާތީއާއި މި މުއްދަތުގައި ގިނަ ސުންގަޑިތަކެއް އައިސްފައިވާނެކަމާއި، އެކަމަށް އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވާނެކަމަށެވެ. އަދި އެ އޮތޯރިޓީ ހުޅުވާނެ ތާރީޚެއް ފަހުން އިޢުލާނު ކުރާނެކަމުގައިވެސް މީރާ އިން ވަނީ ވިދާޅުވެފައެވެ.

"މި މުއްދަތުގައި އައިސްފައިވާ ހުރިހާ ސުންގަޑިތަކުގެ އައު ސުންގަޑިއަކީ ބަންދަށްފަހު އޮފީސް ހުޅުވާ ދުވަސްކަމުގައި ވެއްޖެނަމަ،
ޓެކްސް ދައްކާ ފަރާތްތަކުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރުމަށާއި، އިޖުތިމާއީ ގައިދުރުކަމާއެކު ޚިދުމަތް ދިނުމުގައި
ބޮޑެތި ދަތިތަކެއް ދިމާވާނެތީ، ސުންގަޑި ކަނޑައަޅާނީ މި މުއްދަތުގައި ފާއިތުވެފައިވާ ހުރިހާ ސުންގަޑިއެއްގެ އައު ސުންގަޑިއަކީ
އޮފީސް ހުޅުވާ ދުވަސް ކަމުގައި ނުވާނެ ގޮތަކަށް" އެ އޮތޯރިޓީ އިން ވިދާޅުވެފައިވެއެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެކަމަށް މީރާއިން ވިދާޅުވެއެވެ. މީރާއިން ވިދާޅުވެފައިވަނީ މި މުއްދަތުގެ ތެރޭގައި އޮފީސް ހުޅުވައިގެން ޚިދުމަތް ނުދެވުނު ކަމުގައިވީނަމަވެސް، މީރާގެ ގިނަ ޚިދުމަތްތައް އޮންލައިންކޮން މެދުކެނޑުމެއްނެތި ލިބެމުންދާނެކަމަށެވެ. އެހެންކަމުން އޮންލައިންކޮށް ލިބެންހުރި ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް މީރާއިން ވަނީ އިލްތިމާސްކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ