ސައުދީގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 50 ހާހުން މައްޗަށް އަރައިފި

މުޅިދުނިޔެ ސިއްސުވާލި ނުރައްކާތެރި ވައިރަސް (ކޮވިޑް-19) އަށް ސައުދީ އަރަބިއްޔާގައި ޕޮސިޓިވްވި މީހުންގެ އަދަދު 50 ހާހުން މައްޗަށް އަރައިފިއެވެ.

ކޮވިޑް-19ގެ މައުލޫމާތު ގެނެސްދޭ ވޯލްޑްމީޓާ ވެބްސައިޓުގައިވާގޮތުން، ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 އަށް ސައުދީގައި މިހާތަނަށް 52,016 މީހުން ޕޮޒިޓިވުވެފައެވެ. އަދި އެގައުމުގައި މިބަލީގައި 302 މީހަކު ނިޔާވެފައި ވާއިރު، މިބަލީގައި 23,666 މީހަކުވަނީ ފަރުވާދެވި ރަނގަޅުވެފައެވެ.

މުޅި ދުނިޔެއިން 4.6 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 1,785,348 މީހުން މިހާރުވަނީ މިބަލިން ރަނގަޅު ވެފައެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 2,581,346 މީހުންނެވެ. ފަރުވާ ހޯދާ މީހުންގެ ތެރެއިން 2,536,477 މީހުންގެ ހާލަތު ރަނގަޅުއިރު ހާލަތު ގޯސްވެގެން 44,869 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މިމައުލޫމާތުތަކަށް ބަލާއިރު ކޮވިޑް-19 ޖެހުނު މީހުންގެތެރެއިން 98 އިންސައްތަ މީހުންވަނީ ރަނގަޅުވެފައެވެ. އަދި މިބަލީގައި މަރުވި މީހުންގެ ނިސްބަތަކީ 15 އިންސައްތައެވެ.

ކޮވިޑް-19 މިވަގުތު އެންމެ ބާރަށް ފެތުރެމުންދަނީ އެމެރިކާގައެވެ. މިގޮތުން އެމެރިކާއިން މިބައްޔަށް 1,493,442 މީހުން ޕޮޒިޓިވުވެފައިވާއިރު މިބަލީގައި 88,930 މީހުންވަނީ މަރުވެފައެވެ.

ކޮވިޑް-19 މިވަގުތު އެންމެ ބާރަށް ފެތުރޭ ފަސްގައުމާއި އެ ފަސްގައުމުގެ މައުލޫމާތު:

އެމެރިކާ: ޕޮޒިޓިވުވި: 1,493,442 މަރުވި: 88,930

ސްޕޭން: ޕޮޒިޓިވުވި: 276,505 މަރުވި: 27,563

ރަޝިޔާ: ޕޮޒިޓިވުވި: 272,043 މަރުވި: 2,537

ޔޫކޭ: ޕޮޒިޓިވުވި: 240,161 މަރުވި: 34,466

އިޓަލީ : ޕޮޒިޓިވުވި: 224,760 މަރުވި: 31,763

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ