ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ޕާސްޕޯޓް އާކުރައްވާ ބޭފުޅުންނަށް މިހާރު ޕާސްޕޯޓަށް ފައިސާ ދެއްކެވޭނެ ކަމަށް މޯލްޑިވްސް އިމިގުރޭޝަނުން ވިދާޅުވެއްޖެއެވެ.
އިމިގުރޭޝަނުން މިއަދު ވިދާޅުވީ ކޮވިޑް-19ގެ މިދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ޕާސްޕޯޓް އާކުރައްވާ ބޭފުޅުންގެ ޕާސްޕޯޓަށް އޮންލައިންކޮށް މިހާރު ފައިސާ ދެއްކެވޭނެ ކަމަށެވެ.
މިގޮތަށް އޮންލައިންކޮށް ފައިސާ ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން ޕާސްޕޯޓަށް އެދިވަޑައިގެން އެޕްލިކޭޝަން އިމިގުރޭޝަނުގެ އީމެއިލްއަށް ފޮނުވުމަށް އެފަރާތުން އެދިލައްވައެވެ.
ކޮވިޑް-19 ގެ މިދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ޕާސްޕޯޓު ހައްދަވާ ބޭފުޅުންގެ ސަމާލުކަމަށް. pic.twitter.com/XwTicWG7Zw
— Maldives Immigration (@ImmigrationMV) May 20, 2020
މިގޮތަށް އެދިވަޑައިގަންނަވާ އެޕްލިކޭޝަން ފުރިހަމަނަމަ ޕޭމަންޓް ލިންކް މެއިލް ކުރެވޭނެ ކަމަށާއި އަދި ފައިސާ ދައްކަވާތާ 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ނެންގެވޭނެ ގޮތުގެ މައުލޫމާތުވެސް ހިއްސާކުރައްވާނެ ކަމަށް އިމިގުރޭޝަނުން ވިދާޅުވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ގިނަ ގައުމުތަކަކުންވަނީ އެގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރުން މަނާކޮށްފައެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ބޭރުގައި އެތައް ދިވެހިންނެއްވަނީ ތާށިވެފައެވެ.



