ނަމާދަށް ދާއިރު މާސްކު އަޅަންޖެހޭ: މިނިސްޓަރ

މާދަމާގެ ހުކުރު ނަމާދުން ފެށިގެން މޮނިޓަރިންގެ ހާލަތުގައު ނެތް ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރަން ފަށާއިރު، ނަމާދަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް މާސްކް އަޅުއްވަން ޖެހިވަޑައިގަންނަވާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ، މިރޭ ކުރިއަށްދިޔަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ، ޞިއްހީ މާހިރުންގެ ލަފަޔާއި އިރުސާދުތަކަށް އިހުތިރާމްކޮށްގެން ކަމަށެވެ. އަދި ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އެބޭފުޅުން އިރުސާރު ދެއްވާފައިވޭ މިސްކިތަށް ވަޑައިގަންނަވާއިރު ގެއިން ވުޟޫކޮށްގެން އައުމާއި، އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނައުމަށާއި، ރޯގާޖެހި ކިނބިހި އަޅާ މީހަކުނަމަ މިސްކިތަށް ނައުމާއި، މިސްކިތުގައި މާގިނަ ވަގުތު ހޭދަނުކުރުމާއި، ކޮންމެ ބޭފުޅަކުވެސް މިސްކިތަށް ވަޑައިގަންނަވާއިރު މުޞައްލަ ހިފައިގެން މިސްކިތަށް ވަޑައިގެންނެވުމާއި، މިސްކިތުގައި ކާޕެޓް އަޅާފައި ނުބޭއްވުމުގެ އިތުރުން މިސްކިތަށް ވަޑައިގަންނަވާއިރު މާސްކް ބޭނުންކުރެއްވުން." ޞިއްހީ ފަރާތްތަކުން މިކަމާއި ގުޅިގެން ދެއްވާފައިވާ އިރުސާދުތައް ސާފުކޮށްދެއްވައި އިސްލާމިކް މިމިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެލްޖީއޭ އާއި ކައުންސިލްތަކާއި ގުޅިގެން މާދަމާގެ ހުކުރު ނަމާދުގެ ޖަމާޢަތުން ފެށިގެން ނަމާދުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިކަމާއި ގުޅޭ އިރުސާދުގެ ސާކިއުލާއެއް ކައުންސިލްތަކަށް ފޮނުއްވާނެ ކަމަަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ