352 ބަންގްލަދޭޝް ރައްޔިތަކު މިއަދުވެސް އަނބުރާ ޤައުމަށް ފޮނުވާލައިފި

ބަންގްލަދޭޝްގެ 352 ރައްޔިތަކު މިއަދުވެސް އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.

ފޮރިންގ މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވީ، ރާއްޖޭގައި ޤަވާޢިދާއި ޚިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝްގެ 352 ރައްޔިތަކު މިއަދު އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށެވެ.

އަދި މިނިސްޓަރު ޝާހިދު ވިދާޅުވީ، މިމަސައްކަތުގައި ބަންގްލަދޭޝްގެ ފޮރިންގެ މިނިސްޓްރީ ކުރަމުންދާ ބުރަމަސައްކަތަކަށް ޝުކުރުއަދާކުރާކަމަށެވެ.

https://twitter.com/abdulla_shahid/status/1263757920637614713?s=20

ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ގިނަ އަދަދަކަށް ބަންގްލަދޭޝް މީހުން ދިރިއުޅެމުން ދާއިރު، މިދިޔ އޭޕްރީލް 21 އިން ފެށިގެން މިއަދާ ހަމައަށް އެގޮތަށް އުޅޭ 840 މީހަކު ފޮނުވާލެވިފައިވާކަމަށްވެސް ފޮރިންގ މިނިސްޓްރީއިން ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބަންގަލަދޭޝްގެ 1،500 މީހަކު އަނބުރާ ފޮނުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުރިން ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ބަންގްލަދޭޝްގެ މީހުން ފޮނުވައިލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ގައުމުގެ ސަރުކާރާ ވާހަކަ ދައްކައިގެން ކަމަށެވެ.

ސައްހަ ލިޔެކިއުންތައް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ ގިނަ އެވެ. އޭގެ ތެރޭގައި ވެސް އެންމެ ގިނައީ ބަންްގްލަދޭޝް މީހުންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ