ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރުގެ ދެކަނބަލުން ރާއްޖެ ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދެކަނބަލުންނެވެ.

ވަންގް ޔީގެ މި ދަތުރުފުޅުގައި މިނިސްޓަަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ ރަސްމީ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެއަށްފަހު ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫ ތަކެއްގައި ސޮއިކުރަން ހަމަޖެހިފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި މި އެއްބަސްވުންތަކާއި ގުޅޭގޮތުން ދެ މިނިސްޓަރުން ބަޔާނެއް ދެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ވޭންގް ޔީގެ ދަތުރުފުޅާ ދިމާކޮށް، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާ، މިނިސްޓަރ ޝާހިދު ވެސް ރާއްޖެ ވަޑައިގަތީ މިއަދުގެ ވަގުތެއްގަ އެވެ.

ވޭންގް ޔީގެ މި މިދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމެއް އަދި ހާމައެއް ނުކުރެއެވެ. ރައީސް ސޯލިހް މިވަގުތު ހުންނެވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކެމްޕޭނަށް ށ. ކޮމަންޑޫގަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ