އައްޑޫ ސިޓީގެ ގުޅިފައިވާ ރައްތަކުން ކަރަންޓު ކެނޑިއްޖެ | ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީން ކަރަންޓް ކެނޑިއްޖެ

އައްޑޫ ސިޓީ އިން ކަރަންޓު ކެނޑިއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރައްތަކުން ކަރަންޓު ކެނޑިފައިވަނީ މިރޭ 22:05 ހާއިރުއެވެ.

އޮންލައިން ނޫސް އައްޑޫލައިވް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އައްޑޫ ސިޓީ އިން މިފަހަކަށް އައިސް ކަރަންޓު ކެނޑުންވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.

މިގޮތުން މިމަހުގެ 19 ދުވަހުވެސް ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އެދުވަހު ފެނަކަ ކޯޕަރޭޝަނުން ބުނެފައިވަނީ ކަރަންޓު ކެނޑުނީ އިންޖީނަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ.

މިމައްސަލައާއި ގުޅިގެން އައްޑޫ ސިޓީގައި ކަރަންޓުގެ ހިދުމަތް ދެމުންދާ ފެނަކައިން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. އައްޑޫ ސިޓީގެ އިތުރުން ލ. އިސްދޫގައިވެސް މިއަދު މެންދުރުން ފެށިގެން އަންނަނީ ކަރަންޓުގެ މައްސަލަތަކެއް ދިމާވަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ