ސްޓެލްކޯ ހެޑްއޮފީސް - ފޮޓޯ: މިހާރު

އެދިއްޖެނަމަ ބިލްގައި މައްސަލައެއް އުޅޭތޯ ސްޓެލްކޯއިން ބަލަނީ

ކަރަންޓް ބިލުގައި މައްސަލައެއް އުޅޭތޯ ބަލަން ބޭނުންވެ، އެކަމަށް އެދިއްޖެނަމަ އެކަން ބެލޭނެ ނިޒާމު ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ދާދިދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބިލްގައި އެއްވެސް މައްސަލައެއް އުޅޭތޯ އިތުރަށް ބެލުމަށްއެދި މެސެޖްކޮށްލުމުން އިތުރަށް ބެލުމަށްފަހު މައްސަލައެއް އުޅޭކަމަށްވާނަމަ. އެކަން އަންގާލަދޭނެކަމަށެވެ.

އެގޮތުން ބިލްގައި މައްސަލައެއް އުޅޭތޯ ބަލަން ބޭނުންފުޅުވާ ފަރާތްތަކުން ބިލްގެ އެކައުންޓް ނަންބަރާއި، ގުޅޭނެ ނަންބަރެއް މެސެޖް ކުރުމަށް ސްޓެލްކޯއިން އެދިފައިވެއެވެ.

ސްޓެލްކޯއިން ކަރަންޓް ބިލުގައި އިތުރު މައްސަލައެއް އުޅޭތޯ ބަލަން ފަށާފައިމިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ ކަރަންޓް ބިލް ޖެނުއަރީ މަހާ އަޅާ ބަލާއިރު، ވަރަށް ބޮޑު ކަމަށްބުނެ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޖެނުއަރީމަހާއި އަޅާކިޔާއިރު މިމަހުގެ ކަރަންޓް ބިލް ދެގުނައަށް އަރާފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ