އަވައްޓެރި އިންޑިޔާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ އަމަލުތައް ތަހުގީގުކުރުމަށް އޯއައިސީގެ ނުރަސްމީ ވޯކިންގ ގްރޫޕެއް އެކުލަވާލުމަށް އެދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އަށް ޕާކިސްތާނުން ހުށައެޅި މައްސަލަ ސައުދީ އާއި ޔޫއޭއީ އިން އިސްވެ އޮވެ ވީޓޯކޮށްފިއެވެ.
އިކޮނޮމިކް ޓައިމްސް އިން ރިޕޯޓް ކުރާ ގޮތުގައި ޕާކިސްތާނުގެ އޫއޭއިން ރިޔާސަތު ބެލެހެއްޓި އޯއިސީގެ މި ބައްދަލުވުމުގައި ޕާކިސްތާނުގެ މި ހުށައެޅު ބަލައިނުގަންނަން ސައުދީ އާއި ޔޫއޭއީ އިން ވަނީ ނިންމާފައެވެ. ސައުދީ އާއި ޔޫއޭއީ އަކީ އިންޑިއާ އެކު ވިޔަފާރީގެ ގާތް ގުޅުންތަކެއް ބާއްވަމުންދާ ދެ ގައުމެވެ.
ޔޫއޭއީން ބުނީ އިންޑިއާގެ މައްސަލަތަށް ބަލަން ވޯކިން ގްރޫޕެއް އުފެެއްދެނީ އޯއައިސީގެ މެންބަރު ހުރިހާ ހާރިޖީ ވުޒާތަކުގެ ހުއްދައާއި އެކު ކަމަށެވެ.
އޯއައިސީގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިންވެސް ވަނީ ޕާކިސްތާނުގެ ހުށައެޅުމަށް ދެކޮޅު ހަދާފައެވެ.
އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ރާއްޖެއިން ވަނީ
މުސްލިމުނަށް ނަފުރަތު ކުރާ ހިޔާލުތައް ގެންގުޅޭ ގައުމެއްގެ ގޮތުގައި އިންޑިޔާ އެކަނި އެކަހެރިކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ބުނެފައެވެ.




