އޭޓީއެމް ސީލިންގުން ބަޔެއް ވެއްޓިފައި : ފޮޓޯ| ތޮއްލެ

ހދ.ހަނިމާދޫ އެއަރޕޯޓް އޭޓީއެމް ގެ ސީލިންގް ވެއްޓިއްޖެ

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ސީލިންގް ވެއްޓިއްޖެއެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޭޓީއެމްގެ ސީލިންގް ވެއްޓިފައިވަނީ އެރަށަށް މިއަދުކުރި ވިއްސާރައިގެ ތެރޭގައެވެ. މިނޫހަށް މައުލޫމާތު ދެއްވަމުން އެރަށުން ވާހަކަދެއްކި ފަރާތަކުން ބުނެފައިވަނީ ސީލިންގް ވެއްޓުނުކަމަށް ބެލެވެނީ ވިއްސާރައިގައި ސީލިންގަށް ފެން އެޅިގެން ކަމަށެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އާއެކު ބޭންކް އޮފް މޯލްޑިވްސް އިން ވެފައިވާ ކޮމިއުނިޓީ ބޭންކިންގ ގެ އެއްބަސްވުމުގެ ދަށުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ސަރަޙައްދުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއެއް ބަހައްޓައިފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގައެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ހަނިމާދޫ އެއާޕޯޓްގައި ހުންނަ ބެންކް އޮފް މޯލްޑިވްސް އޭޓީއެމްގެ ސީލިންގު...

Posted by Tholle photography on Friday, May 29, 2020

މިއަދަކީ ހަނިމާދޫ އަށާއި އަދި އުތުރުގެ ރައްތަކަށް މޫސުން ގޯސް ދުވަހެކެވެ. މިގޮތުން މިއަދު ކުރި ވިއްސާރައިގައި ހަނިމާދޫގައިވަނީ ފެންވެސް ބޮޑުވެފައެވެ.

ހދ. އަތޮޅުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތްދެނީ ހަނިމާދޫގައާއި ކުޅުދުއްފުށީގައި އެކަނިކަން ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ