ހުސެއިން މުހައްމަދު ލަތީފް- ފޮޓޯ: މަޖިލިސް

ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ބާއްވާ ޖަލްސާއެއް ރައްޔިތުން ނިދާފައިތިއްބާ ބޭއްވިގެން ވާނެކަމަކަށް ނުދެކެން

ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ބާއްވާ ޖަލްސާއެއް ރައްޔިތުން ނިދާފައިތިއްބާ ބޭއްވިގެން ވާނެކަމަށް ނުދެކޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ހުސެއިން މުހައްމަދު ލަތީފް މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ރަށްރަށުގައި މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ހަމަވެފައި ވީނަަމަވެސް ކޮވިޑް19 ގެ ސަބަބުން އިންތިހާބު ވަކި ތަރީހެއް ނެތްގޮތަށް ފަސްކޮށް މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭތިއްބުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހާ މެދުގައި ގޮތެއް ނިންމުމަށް މިރޭ މެންދަމު މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާ ކުރުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ހުސެއިން މުހައްމަދު ލަތީފް ކުރެއްވި ޓްވީޓްގައި ޑިމަކްރަސީގެ ރީތި އުސޫލުތަކަކީ ކޮބައިތޯ ވަނީ ސުވާލު އުފައްދަވާފައެވެެ.

"ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ކަމަށްބުނެ ބާއްވާ ޖަލްސާއެ، ރައްޔިތުން ނިދާފައިތިއްބާ ބޭއްވިގެން ވާނެކަމަށް ނުދެކެން" ހުސެއިން މުހައްމަދު ލަތީފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އެޖެންޑާ ކޮށްފައިވަނީ މިރޭ މެންދަމު 01:30 ގައެވެ.

 

މިލިޔުން ކިޔާލުމުން
13
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ