އެމްޑީޕީ މެންބަރުންނަކީ އަބަދުވެސް ތަޅާފޮޅުން އިސްކުރި ބައެއް - ޑރ ޖަމީލް

އެމްޑީޕީ މެންބަރުން ޝިޔާމްއަށް ހަމަލާ ދިނުމަކީ ދަށުދަރަޖައިގެ ފިނޑި އަމަލެއްކަމަށާއި އަދި މިއީ އަބަދުވެސް ތަޅާފޮޅުން އިސްކުރި ބައެއްކަމަށް ރައީސް ޔާމީންގެ ދައުރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހުގައި ނުރުހުންފާޅުކޮށް އަޑުގަދަކުރައްވަން ފެއްޓެވުމުން ރިޔާސަތުން އޭނާގެ ނަން އިއްވެވުމުން ބޭރަށް ވަޑައިނުގަތުމުން މެންބަރުންތަކެއް ޝިޔާމް ގަދަކަމުން ބޭރަށް ނެރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

"މަޖިލީހުން ރޭ ފެނިގެންދިޔައީ ރިޔާސަތުގެ ފެންވަރު. ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އެމްޑީޕީ މެންބަރުން ހަމަލާ ދިނުމަކީ ދަށުދަރަޖައިގެ ފިނޑި އަމަލެއް. މިއީ އަބަދުވެސް ތަޅާފޮޅުން އިސްކުރި ބައެއް"  ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ޖަމީލު ވިދާޅުވެފައިވަނީ އަނިޔާވެރިކަން ބަލަން ރައްޔިތުން މަޑުން ނުތިބޭނެކަން ދުނިޔެއިން ފެންނަ މަންޒަރުތަކުން ދަސްކުރަން ޖެހޭކަމަށެވެ.

ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން މެންބަރު ޝިޔާމްއަށް އެކިވަރުގެ އަނިޔާލިބި ހޮސްޕިޓަލްގައި ފަރުވާ ހޯދާފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ