އީވާގެ މައްސަލަ ބަލައިދިނުމަށް އިދިކޮޅުން ފުލުހުންނަށް ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ މައްސަލަ ބަލައިދިނުމަށް އިދިކޮޅުން ފުލުހުންނަށް ގޮވާލައިފިއެވެ.

މިކަމަށް ގޮވާލާއި އިދިކޮޅު ކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނުގައި ވިދާޅުވީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ސުޕްރީމް ކޯޓުން ދެއްވާފައިވާ އިސްތިޝްރީ ލަފައާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ޤާނޫނުއަސާސީ އަށް އިސްލާޙު ގެނައުމަށް ޓަކައި ރޭ ދަންވަރު މަޖިލީހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ އެންގެވުމަށް ވެރިކަން ކުރާ ޕާޓީގެ މެންބަރުން ހިންގި ހަމަނުޖެހުމުގައި، މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ މިކޯލިޝަނަށް ނިސްބަތްވާ، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފްގެ ގައިކޮޅުގައި ފައިކުރުކޮށް ކޮޅުފައިން ޖެހި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

"އަދި އެމައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގޮވާލަމެވެ." އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ މަޤާމަކީ ދައުލަތުގެ އިސް އަދި އެހާމެ ޒިންމާދާރު މަޤާމަކަށްވާއިރު، އެމަޤާމުގަ ހުންނަވާ ބޭފުޅަކު މިފަދަ ނުރައްކާތެރި އަދި ހަޑިމުޑުދާރު ޢަމަލެއް ހިންގުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، މިނުރައްކާތެރި، ހަޑިމުޑުދާރު، ނާތަހުޒީބު ޢަމަލު ބައްލަވާ ފިޔަވަޅު އެޅުއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލާކަމަށްވެސް މިބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ