ހުޅުމާލޭގައި އިމާރާތްކުރި ފްލެޓުތައް | ފޮޓޯ: މިޙާރު

ހިޔާ މަސްރޫޢުގެ ފްލެޓުތައް އަންނަ މަހު ހަވާލުކުރަނީ

ހިޔާ މަސްރޫޢުގެ ފްލެޓުތައް އަންނަ މަހު ހަވާލުކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ކުރިޔަށް ގެންދާ ގޮތުގެ މައުލޫމާތު އޮޅުން ފިލުވުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރ އާތިފާ ވިދާޅުވީ ފްލެޓްތައް އަންނަ ޖުލައި މަސް ނިމެންވާއިރަށް ހަވާލު ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ހާލަތު ބެލުމުގެ މަސައްކަތް ކޮމިޓީން ކުރާއިރު، އަޅުގަނޑުމެން މިނިސްޓްރީން މި ދަނީ ޑޭޓާ ޕްރޮސެސް ކުރުމުގެ މަސައްކަތް. އެ މަސައްކަތް ވެސް 90 ޕަސެންޓް ނިމިފައި އޮތީ. އެހެންވީމަ އަޅުގަނޑުގެ އުއްމީދު ކުރަނީ ޖުލައި މަސް ނިމޭއިރު ހަވާލު ކުރެވޭ ވަރު ވާނެ ކަމަށް،" ކޮމެޓީގައި ވާހަކަފުޅު ދަައްކަވަމުން މިނިސްޓަރ އާތިފާ ވިދާޅުވުއެވެ.

ބައެއް ފޯމުތައް ބެލިއިރު، ކުރިން ޕޮއިންޓް ދީފައި ވަނީ ހައުސިން މިނިސްޓްރީން ކުރިން އާއްމުކޮށްފައިވާ މިންގަނޑާއި އެއްގޮތަށް ނޫން ކަމަށް ފްލެޓު ކޮމިޓީން މިދިޔަ ފެބްރުއަރީ މަހު ވަނީ ބުނެފައެވެ.

ހިޔާ މަސްރޫޢުގެ ދަށުން ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އާ ހަވާލުކޮށްގެ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވަނީ 7000 ފްލެޓެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ