އެމްޓީސީސީއިން މާލެ އާއި ވިލިމާލެއާ ދެމެދު ބާއްވާ ފެރީ ދަތުރުތައް އިތުރުކޮށްފިއެވެ.
ފެރީ ދަތުރުތައް އިތުރުކޮށްފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިޢުލާން ކޮށްފައިވާ ލޮކްޑައުންއަށް ލުއިތަކެއް ދޭން ނިންމުމާއި ގުޅިގެން ކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.
މީގެ ކުރިން އޭޕްރިލް މަހު މާލެެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން އާންމު ގޮތެއްގައި އެމްޓީސީސީއިން ދެމުން ގެންދިޔަ ފެރީގެ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކަނޑައެޅިފަައިވާ ވަގުތުތަކެއްގައި އެ ހިދުމަތްތައް ދޭގޮތަށް ވަނީ ނިންމާފައެވެ.
Our latest ferry schedule has put more trips between Male’ and Vilingili ferry route, following ease in lockdown measures. Our schedule from June 6 onwards, adds on 8 more commutes to the route. It aims to cover critical service gaps and provide frequent commuter service. (1/3) pic.twitter.com/JcLjQkaq0D
— MTCC Plc (@MTCCPlc) June 7, 2020
އިއްޔެއިން ފެށިގެން މާލެއާއި ވިލިމާލެއާ ދެމެދު ކުރާ ފެރީ ދަތުރުތައް އިތުރުކޮށްފައިވާއިރު 8 ދަތުރު އިތުރު ކޮށްފައިވާނެ ކަމަށް އެމްޓީސީސީއިން ވަނީ ވިދާޅުވެފައެވެ. މިކަމުގެ މަގުސަދަކީި ކުއްލި ހާލަތުގައި ދަތުރުކުރައްވާ ފަރާތްތަކަށް ލުއިތަކެއް ހޯދައިދިނުމާއި ދަތުރު ކުރުމުގައި ފަސޭހަތަކެއް ފޯރުކޮށްދިނުން ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.



