ވިއްސާރައިގައި ހަލާކުވި ރަސްފަންނު ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމުގައި މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ފާއިތުވި މެއި މަހުގެ ތެރޭގައި މޫސުން ވަރަށް ބޮޑަށް ގޯސްވެ ރަސްފަންނު ސަރަހައްދަށް އުދައަރާ ރަސްފަންނަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އުދައެރުމުގެ ސަބަބުން ރަސްފަންނު ބީޗްގެ ފަސްގަނޑު ވަރަށް ބޮޑަށް ގިރާލައި އެ ސަރަހައްދަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވެއެވެ.
Visaaraigai halaakuvi Rasfannu sarahaddhu maraamathu kurumuge masaiyakaiy kuriyah dhanee. pic.twitter.com/WIFk2JVJvd
— Male' City Council (@MaleCitymv) June 7, 2020
ރަސްފަންނު ބީޗްގައި ޖަހާފައިވާ ކުޑަތައް ވެއްޓި، މީހުން އިށީންދެ ތިބިމަށް ބެހެއްޓިފައި ހުރި ބެންޗްތަކަށްވެސް ވަނީ ވަރަށް ބޮޑެތި ގެއްލުން ލިބިފައެވެ. މީގެ އިތުރުން އުދަ އެރުމުގެ ސަބަބުން އެސަރަހައްދަށް ގިނަ އަދަދެއްގެ ކުނި އަރައި ބީޗް ވަނީ ވަރަށް ބޮޑަށް ހަޑިވެސް ވެފައެވެ.
ރަސްފަންނު ބީޗަކީ ބޮޑު ހޭދައެއްކޮށްގެން ރައީސް ޔާމީންގެ ސަރުކާރުގައި ހަދާފައިވާ ތަނެކެވެ. ތަން ނިމުމަށްފަހުވެސް އެކިފަހަރު މަތިން ވަނީ ގެއްލުން ލިބުމުގެ ސަބަބުން ރަސްފަންނު މަރާމާތު ކޮށްފައެވެ.