ރަސްފަންނު ކަޅުތެލުން ތަޣައްޔަރުވެފައި - ފޮޓޯ: ފުލުހުން

ރަސްފަންނު މޫދު ކަޅުތެލުން ތަޣައްޔަރުވެއްޖެ

ރަސްފަންނު މޫދު ކަޅުތެލުން ތަޣައްޔަރުވެ މޫދަށް އެރުން މަނާކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، މާލޭ ދެކުނުފަރާތުގައި މޫދަށް އެރުމަށް ބޭނުންކުރާ ރަސްފަންނު މޫދާ ދިމާލަށް ކަޅުތެލުގެ އަސަރުކޮށް، އެތަން ބޭނުންކުރުން ރައްކާތެރި ނޫން ހާލަތަކަށް އަތުވެފައިވާ ކަމަށެވެ.

މި މައްސަލަ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާކަމަށާއި، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ރަސްފަންނު ކަޅުތެލުން ތަޣައްޔަރުވެފައި - ފޮޓޯ: މިހާރު

 

ރަސްފަންނު މޫދަށް ކަޅުތެލުގެ އަސަރުކުރި މިއީ ފުރަތަމަ ފަހަރެއްނޫނެވެ. 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް އެ ސަރަހައްދަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅި ރަސްފަންނު މޫދު ބަންދުކޮށްފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ