ހައުސިން މިނިސްޓްރީ އުވާލައި ޕްލޭނިން މިނިސްޓްރީގެ ނަން ބަދަލުކޮށްފި

ހައުސިން މިނިސްޓްރީ އުވާލައި ޕްލޭނިން މިނިސްޓްރީގެ ނަން ބަދަލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވާފައި ވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެެވެ.

ރައީސްގެ ސްޕޯކްސް ޕާސަން އިބްރާހިމް ހޫދު ވިދާޅުވީ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައް ދެން ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަމަށެވެ.

ހައުސިން މިނިސްޓްރީން ކުރިން ކުރައްވަމުން ގެންދެވި މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައި ވާކަމަށްވެސް ހޫދު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރގެ މަގާމުގައި ހުންނެވި އާތިފާ ޝަކޫރު އިސްތީޢުފާ ދެއްވާފައި ވާކަމަށްވެސް ރައީސް އޮފީހުން މިއަދު ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީ އުވާލައްވާފައި ވާއިރު ހައުސިން މިނިސްޓަރގެ ސްލޮޓަކީ އެމްއާރްއެމް އަށް ދީފައިވާ ސްލެޓެކެވެ. މިނިސްޓްރީ އުވާލެއްވިއިރު ބައެއް ފަރާތްތަކުން ގެންދަވަނީވެސް އެމްއާރްއެމްގެ ސްލޮޓެއްގައި ފާރިސް މައުމޫން ހައުސިން މިނިސްޓަރ އަކަށް އައްޔަން ކުރައްވަން ފެންނަ ކަމަށް ވިދާޅުވެ ކެމްޕެއިންވެސް ކުރައްވަމުންނެވެ.

ހައުސިން މިނިސްޓްރީ އުވާލަން ނިންމެވި ސަބަބެއް ސަރުކާރުން އަދި ހާމަކުރައްވާފައި ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ