އަލްހާން ފަހުމީ ޕީޕީއެމްގެ ރިޔާސީ ކެމްޕއިންގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ | ފޮޓޯ : އަވަސް

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އަލްހާން އިޢުލާން ކޮށްފި

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އަލްހާން ފަހުމީ އިޢުލާން ކޮށްފިއެވެ.

އަލްހާން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ "2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވާދަކުރަން އަޅުގަނޑު ނިންމައިފިން" ކަމަށެވެ. އަލްހާން ކުރެއްވި ޓްވީޓުގައި ވަނީ "ނިއު އެމްޑީޕީ" ގެ ނަމުގައިވާ ޕޯސްޓަރަކާއި އެކުއެވެ.

އަލްހާން އަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައިވެސް މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ފަރާތެކެވެ. އަލްހާން މާލޭ ސިޓީގެ މޭޔަރަކަށް ވާދަ ކުރައްވަނީ އަމިއްލަ ގޮތުންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ނިއު އެމްޑީޕީންތޯ އަޙްމަދު ނިހާން އެއްސެވުމުން އަލްހާން ވިދާޅުވީ "އެކަން ކުރާން ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް އަޅުގަނޑު ތަރުތީބު ކުރާނަން" ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުކަން ކުރެއްވި އަލްހާން އެންމެ ފުރަތަމަ ހަރަކާތްތެރިވީ ރައީސް މައުމޫންގެ އަރިހުގައި ޑީއާރްޕީގަ އެވެ. އޭގެފަހުން ކުލަގަދަ ޖަލްސާއެއްގައި އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އެމްޑީޕީ ތެރެއިން ނިއު އެމްޑީޕީއެއް އުފައްދަން އުޅުއްވުމަށްފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެތެވެ. އަނެއްކާ އެ ޕާޓީއިން ވެސް ވަކިވެ، އެމްޑީޕީއާ ގުޅުނެވެ. އެމްޑީޕީއިން އޭނާ އެ ފަހަރު ވަކިކުރީ އެވެ.

އެއަށްފަހު އަލްހާން ވަނީ ޕީޕީއެމް އާއި ގުޅި މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު ކުރައްވާ ކެމްޕެއިން ކުރައްވާފައެވެ. އިންތިހާބުން ރައީސް ބަލިވުމާއިއެކު އަލްހާން ވަނީ ޕީޕީއެމް އިންވެސް ވަކިވެފައެވެ. މިދިޔަ މަޖިލިސް އިންތިޚާބުގައި އަލްހާން ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިވެސް ލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ