އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ ގޮތް ހަދައިފިއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލަށް ކޮވިޑް-19 އަށް ޓެސްޓު ކުރާ ކިޓް ލިބިފައިވާކަމަށާއި ޕީސީއާރް ޓެސްޓު ހެދުމަށް އެ ހޮސްޕިޓަލު ތައްޔާރުވެފައިވާކަމަށެވެ.
މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން އަތޮޅެއްގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ފުރަތަމަ ސިޓީއެވެ. މީގެ ކުރިން ރަށް ރަށުން ކޮވިޑް-19 އަށް ޓެސްޓު ކުރަންވެސް ސާމްޕަލް ނެގުމަށްފަހު ގެންނަން ޖެހިނީ މާލެ އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފް ސާދާތު ވިދާޅުވީ ޕީސީއާރު މެޝިނާއި އެކްސްޓްރެކްޓަރ އަކީ ކުރިންވެސް އެ ހޮސްޕިޓަލުގައި ހުރި މެޝިނަރީޒް ކަމަށާއި ކޮވިޑް-19 ޓެސްޓު ކިޓްތައް މިހާރު ލިބިފައިވުމުން އެ ހޮސްޕިޓަލުން މިހާރު ކޮވިޑް-19 އަށް ޓެސްޓު ކުރެވޭމެ ކަމަށެވެ.
We are proud to announce that Addu Equatorial Hospital has received testing kits for COVID-19 and are ready to do PCR testing. Apart from Male’, we are the first region to start PCR testing for Covid-19. #COVID19#Stayhome@HPA_MV @MoHmv @ibusolih @ameenex
— Addu Equatorial Hospital (@aeh_mv) June 14, 2020
އައްޑޫ ހިތަދޫ ރީޖިނަލް ހޮސްޕިޓަލް ވަނީ ކޮވިޑް-19 އަށް ފަރުވާދޭ ސެންޓަރަކަށް ބަދަލުކުރުމަށް ނިންމައިފައެވެ. އައްޑޫ ސިޓީގެ ކަރަންޓީން ފެސިލިޓީއެއްގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭނާއަށް ފަރުވާދޭނީ އައްޑޫ ސިޓީގައިކަމަށް އެންއޯއީސީ އިން ވަނީ ބުނެފައެވެ.




