ޕާކިސްތާނުން ހައްޔަރުކުރި އިންޑިއާގެ ދެމީހުން

އިންޑިއާ އެމްބަސީގެ ދެމުވައްޒަފުން ޕާކިސްތާނުން ހައްޔަރުކޮށްފި

އިންޑިއާ ހައިކޮމިޝަންގެ ދެމުވައްޒަފުން ޕާކިސްތާނުގެ ފުލުހުން އެގައުމުގެ އިސްލާމްއާބާދުން ހައްޔަރުކޮށްފިއެވެ.

މި ދެމުވައްޒަފުން ޕާކިސްތާން ފުލުހުން ހައްޔަރުކޮށްފައިވަނީ މީހެއްގެ ގައިގައި އެމީހުން ދުއްވަމުންދިއަ ބީއެމްޑައބުލިޔު ކާރު ޖައްސައި ފިލަން އުޅުމުން ކަމަށް ޕާކިސްތާން ސަރުކާރުން ވިދާޅުވެއެވެ.

މައުލޫމާތު ލިބޭގޮތުގައި އިންޑިއާ އެމްބަސީގެ މި ދެމުވައްޒަފުން ދުއްވަމުންދިޔަ ކާރު ޖެހިފައިވަނީ މަގުމަތިން ހިނގައިފައި ދިޔަ މީހެއްގެ ގައިގައި މިއަދެވެ. މިހާދިސާ އާއި ގުޅިގެން މަގުމަތިން ހިނގައިފައި ދިޔަ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި މިމީހާއަށް މިހާރުދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިހާދިސާ އާއި ގުޅިގެން އިންޑިއާ ސަރުކާރުންވަނީ އެގައުމުގައި ހުންނަ ޕާކިސްތާނުގެ ސަފީރު ހާޒިރުކޮށް ސުވާލު ކޮށްފައެވެ. އަދި ޕާކިސްތާނުންވަނީ އެގައުމުން ހައްޔަރުކުރި އިންޑިއާގެ މި ދެމުވައްޒަފުން ފަހުން ދޫކޮށްލައިފައެވެ.

މީގެއިތުރުން މި ހައްޔަރުކުރުމާއި ގުޅިގެން އިންޑިއާއިންވަނީ ޕާކިސްތާނު އެމްބަސީގައި ވަޒީފާ އަދާކުރާ އިންޑިއާގެ ދެ މުވައްޒަފަކު ގެއްލިފައިވާ ކަމަށް ބުނެފައެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ މީގެކުރިން ހަނގުރާމަވެސް ކޮށްފައިވާ އަދި މިހާރުވެސް އިދިކޮޅު ވާދަވެރި ދެގައުމެވެ. ބޮޑަށް މި ދެގައުމުގެ ދެމެދުގައި މައްސަލަ ޖެހެނީ މި ދެގައުމުން ހިއްސާވާ ކަޝްމީރުގެ ކަންކަމުގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ