ކޮރަޕްޝަނެއް ނުހިންގަން؛ މުވައްޒަފުންނާއި ކުންފުނި ބަދުނާމު ނުކުރޭ: އެމްޓީސީސީ

އެމްޓީސީސީން ކޮރަޕްޝަނަށް މަގުފަހިވާނެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެކަމަށާއި ކުންފުންޔާއި ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް ކުންފުންޏަށް އޮތް އިތުބާރު ގެއްލޭގޮތަށް ހަޤީޤަތާއި ޚިލާފު ޙަބަރު ނުފެތުރުމަށް އެމްޓީސީސީން ގޮވާލައިފިއެވެ.

އެމްޓިސީސީން މިހެން ބުނެފައިވަނީ މާލެ އަތޮޅުގައި ކުރިއަށްދާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ ބޮޑުހިލަ ސަޕްލައިކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ "ދިޔަރެސް" ނޫހުގައި ލިޔެފައިވާ ޚަބަރަކާއި ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައެވެ.

އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވަނީ ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން މާލެ އަތޮޅުގައި ކުރިއަށްދާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ ބޮޑުހިލަ ސަޕްލައިކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށް 15 ޖޫން 2020 ވަނަ ދުވަހު ދިޔަރެސް ނޫހުގައި ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން ބަދުނާމުވާ ގޮތަށް ޝާއިޢުކޮށްފައިވަނީ ހަޤީޤަތާއި ޚިލާފު ހަބަރެއް ކަމަށެވެ.

އެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލަ ސަޕްލައިކުރުމުގައި އެ ކުންފުނިން ކޮރަޕްޝަނަށް މަގުފަހިވާނެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެކަމަށް އެކުންފުނިން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.

ކުންފުނީގެ ޕްރޮކިއުމަންޓާ މަންޓާއިބެހޭ އެންމެހާ މުޢާމަލާތްތަކަކީ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޕޮލިސީތަކާއި މެނޭޖްމަންޓުން އެކުލަވާލާފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ހިންގާ މުޢާމަލާތްތަކެއް ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ