ރައްޔިތުންގެ މަޖިލިސް - ފޮޓޯ: މަޖިލިސް

"ރައްޔިތުންގެ މަޖިިލިސް އެމްޑީޕީ ހަރުގެޔަކަށް ވެއްޖެ"

19 ވަނަ ރައްޔިތުންގެ މަޖިލީސް އެމްޑީޕީ ހަރުގެޔަކަށް ވެއްޖެ ކަމަށް ރާއްޖޭގެ ކުރީގެ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީން ވެރިކަން ކުރަނީ ހުތުރުކޮށް އުޅެގެން ކަމަށާއި، ކިޔަނީ މުޑުދާރު އެއްޗިހި ކަމަށެވެ. އަދި މަޖިލީސް އެމްޑީޕީގެ ހަރުގެޔަކަށް ވެއްޖެ ކަމަށެވެ.

"ފުލުހުންނާއި ސިފައިންނަކީ ޤައުމުގެ ފަހުރު، ޤައުމެއްގެ ގޮތުގައި އޮތުމުގެ ސަބަބު." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ، އެމްޑީޕީން 2008 ވަނަ އަހަރުވެސް ފުލުހުނަށް ފުރައްސާރަކުރި ކަމަށާއި، ނަތީޖާ އަދިވެސް ހަޖަމުނުވާ ކަމަށެވެ.

"މަލަމަތި އުޖާލާ.. ނިމެން ކައިރި ވެއްޖެ.." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު މިވަގުތަކީ ފުލުހުންގެ މުއައްސަސާ ރިފޯމް ކުރަންވީ ވަގުތު ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދާއިރު އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުން ވަނީ ފުލުހުންގެ މުއައްސަސާ އިސްލާޙު ކުރައްވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ