މިނިސްޓަރު އިމްރާނުގެ އިތުބާރު ނެތްކަމަަށް މަޖިލީހަށް ވައްދާނަން - ނަޝީދު

ހޯމްމިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މެމްބަރު ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އޭނާ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދުގެ ޓްވީޓްގައި ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ފުލުހުންގެ އަގު ވައްޓާލައި ނަފްރަތު އުފައްދަމުން ދިޔައިރު، މިނިސްޓަރު އިމްރާން އަށް ފުލުހުންގެ ހައްގުގައި ކުރެވުނީ ކޮންކަމެއްތޯ ސުވާލު ކުރައްވާފައެވެ.

"ފުލުހުންގެ ހައްގުގައި ބަސްނުބުނާނަމަ މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ގޮވާލަން، ނޫނީ އިތުބާރު ނެތް ކަމަށް މަޖިލީހަށް ވައްދާނަން" ނަޝީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
62311
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ