ނޭޕާލުގެ ޕާލަމެންޓުން ފާސްކުރި އެގައުމުގެ އާ ޗާޓު

ނޭޕާލުން ކުރެހި އާ ޗާޓުގައި އިންޑިއާއިން ކޮންޓުރޯލްކުރާ ބަޔެއް ސަރަހައްދުތައް

ނޭޕާލުން ކުރެހި އެގައުމުގެ އާ ޗާޓުގައި އިންޑިއާއިން ކޮންޓުރޯލްކުރާ ބަޔެއް ސަރަހައްދުތައް ހިމަނައިފިއެވެ.

މި ޗާޓް ނޭޕާލް ޕާލަމެންޓުގެ މަތިގެއިން މިއަދު ފާސްކޮށްފައިވާއިރު ތިރިގެއިންވެސްވަނީ މިހަފްތާގެ ތެރޭގައި މި އާ ޗާޓު އެގޭގެ އަގުލަބިއްޔަތުން ފާސްކޮށްފައެވެ.

ޕާލަމެންޓުގެ މި ނިންމުމާއެކު އިންޑިއާއިން ބުނެފައިވަނީ މި އާ ޗާޓު ބަލައި ނުގަނެވޭނެކަމަށާއި އަދި ނޭޕާލުން މިގޮތަށް ނިންމައިފައިވަނީ ތާރީހީ ހެކިތަކަށް ބެލުމެއް ނެތި ކަމަށެވެ.

މި ނިންމުމާއި ގުޅޭ ގޮތުން ނޭޕާލުގެ ލޯ މިނިސްޓަރު ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ، އާ ޗާޓުގެ ސައްހަކަން ކަށަވަރުކުރާނެ މިންވަރަށް ހެއްކި އެބަހުރި ކަމަށެވެ. އަދި އިންޑިއާޔާއި ވާހަކަ ދައްކައިގެން ދިމާވާ މައްސަލަތައް ހައްލުކުރާނެ ކަމަށެވެ. އާ ޗާޓު ޕާލަމެންޓުން ފާސްކޮށްފައި ވީނަމަވެސް ރައީސްގެ ރުހުން އާ ޗާޓަށް ބޭނުންވާނެއެވެ.

ނޭޕާލުން އިންޑިއާއިން ކޮންޓުރޯލްކުރާ ބަޔެއް ސަރަހައްދުތައް ހިމަނައިގެން އެގައުމުގެ އާ ޗާޓެއް ކުރަހައިފައި މިވަނީ ބޯޑަރުގެ މައްސަލައިގައި އިންޑިއާ އަދި ޗައިނާވެސް ކުރިމަތި ލުމަކަށް ގޮސްފައިވަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ. އިންޑިއާއިން ތުހުމަތު ކުރާގޮތުގައި ޗައިނާއިންވަނީ އިންޑިއާގެ ބަޔެއް ސަރަހައްދުތައް އެގައުމުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ