ޕްރިންސަސް ޑަޔާނާގެ ރޯލަށް "ކްރިސްޓަން ސްޓްވާޓް"!

އިނގިރޭސި ވިލާތުގެ ޝާހީ އާއިލާތަކުގެ ވާހަކަތައް ކިޔައިދިން ފިލްމްތަކެއް މީގެ ކުރިންވެސް ރިލީޒްވެފައި އެބަހުއްޓެވެ. އެގޮތުން ކާރު އެކްސިޑެންޓެއްގައި އަވަހާރަވެފައިވާ ޕްރިންސް ޑަޔާނާގެ ވާހަކަތަކަކީ، އާއްމުން އަބަދުވެސް އަޑުއަހަން ބޭނުންވެފައި ހުންނަ ވާހަކަތަކެވެ. އެގޮތުން މީގެ ކުރިން ޑަޔާނާގެ ހަޔާތައް ބިނާކޮށް ފިލްމެއްވެސް ހަދާފައިވެއެވެ.

އަނެއްކާވެސް "ސްޕެންސަރ" ގެ ނަމުގައި ޑަޔާނާގެ ހަޔާތައް ބިނާކޮށް ފިލްމެއް ހަދަން މި ވަނީ ނިއްމާފައެވެ. "ސްޕެންސަރ" އަކީ ޑަޔާނާގެ ފަހަތު ނަމެވެ. މި ފިލްމް ޑައިރެކްޓް ކުރަނީ، މަޝްހޫރު ފިލްމްތައް ޑައިރެކްޓްކޮށްފައިވާ މަޤުބޫލު ޑައިރެކްޓަރު "ޕެބްލޯ ލޮރެއިން" އެވެ. އަދި މި ފިލްމްގައި ޕްރިންސަސް ޑަޔާނާގެ ރޯލު އަދާކުރާނީ، "ޓްވިލައިޓް"ގެ އެކްޓްރެސް ކްރިސްޓަން ސްޓްވާޓް އެވެ.

ޑަޔާނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ މިފަހަރުގެ މި ފިލްމްގައި ކިޔައިދޭނީ، ނުވާރަސަތޭކަ ނުވަދިހައިގައި ކުރީކޮޅުގެ ޑަޔާނާއާއި ޕްރިންސް ޗާލްސްގެ ނާކާމިޔާބުވި ކައިވެނީގެ ވާހަކައެވެ. މީގެ އިތުރުން، މި ދެމަރިންގެ ދަރިފުޅު، ޕްރިންސް ވިލިއަމްސް އާއި ޕްރިންސް ހެރީގެ މައްޗަށް ޑަޔާނާގެ ހިތުގައި އޮތް ނިމުމެއް ލޯބި ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ކަމަށް ޑައިރެކްޓަރު ބުނެފައިވެއެވެ.

ފިލްމްގެ ޑައިރެކްޓަރު ޕެބްލޯ ބުނިގޮތުގައި، މި ފިލްމްގައި ޑަޔާނާގެ ރޯލު ކުޅުމަށް ބަތަލާ ކްރިސްޓަން ހަމަޖެއްސީ، އޭނާއަކީ، ވަރަށް ވަރުގަދަ އަދި ތަފާތު އެކްޓްރެސް އަކަށް ވީމާ ކަމަށެވެ. އަދި ޑަޔާނާގެ ކެރެކްޓަރު ހުށައެޅުމާއެކު، ކްރިސްޓަން މި ކެރެކްޓަރއާއިމެދު ދެކެމުން އަންނަ ގޮތް އޭނާއަށް ވަރަށް ކަމުދާކަމަށެވެ.

ޑަޔާނާ އާއި ޗާލްސް ކައިވެނި ބައްލަވައިގަތީ 1981 ވަނަ އަހަރުއެވެ. އަދި 1992 ވަނަ އަހަރު ދެމީހުން ވަނީ ވަކިވެފައެވެ. އޭރު ކައިވެންޏަށް ދެ ދަރިކަލުން ލިބިވަޑައިގެންފައިވެ އެވެ. މި ދެމީހުންގެ ވަރިވެފައިވަނީ، 1996 ވަނަ އަހަރުއެވެ.

އޮގަސްޓް، 31، 1997 ގައި ޑަޔާނާ ވަނީ ފްރާންސްގައި ކާރު އެކްސިޑެންޓެއްގައި އަވަހާރަވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ