އިސްލާމިކް މިނިސްޓަރ ރައީސް ޞޯލިޙް އަރިހުގައި - ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ ޙައްޖަށް ރާއްޖެއިން މީހުންނަށް ނުދެވޭނެ ކަމަށް ނިންމައިފި

ދިވެހިރާއްޖެއިން މިއަހަރުގެ ޙައްޖަށް މީހުންނަށް ނުދެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ދެންމެ ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން 1441 ވަނަ އަހަރު މާތްވެގެންވާ ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސަޢޫދީ ޢަރަބިއްޔާގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި
މިވަގުތު ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުން ހިމެނޭގޮތަށް ކަނޑައެޅޭ މަދު ޢަދަދެއްގެ މީހުންނަށް ކަމުގައި ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ނިންމަވާފައިވާކަމުގައި، ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީން އެ މިނިސްޓްރީއަށް ވަނީ އަންގަވާފައިވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ސަޢުދީ ސަރުކާރުގެ މި ނިންމެވުމަކީ، ޙައްޖަށް ދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. ސަޢުދީ ސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ޙައްޖުގެ މަތިވެރި އަޅުކަން ބޭއްވުމަށް ކަމުގައި
ވީނަމަވެސް، ޙައްޖަށް ދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަމާލުކަށް ދެއްވާނެކަމަށް ބަޔާންކުރައްވާފައިވާކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުގެ މި ނިންމެވުމާއި ގުޅިގެން 1441 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުންނަށް ނުދެވޭނެ ކަމުގައި ދަންނަވާފައެވެ.

އެ މިނިސްޓްރީން އިތުރަށް ވިދާޅުވެފައިވަނީ 1441 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން  ގެންދިއުމުގެ ތައްޔާރީތައް އެ މިނިސްޓްރީން ހުއްޓުމެއް ނެތި ދިޔައީ ކުރަމުން ކަމަށާއި، އެގޮތުން އެންމެ ފަހު ވަގުތު ހުއްދަ ލިބުނު ނަމަވެސް ދިވެހިން ޙައްޖަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން ރޭވެމުން ދިޔަ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ