ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ސެކްރެޓޭރިއެޓް އަކަށް ނަހުލާ އަލީ ހަމަޖެއްސި ވާހަކަ އޭނާ ދޮގުކޮށްފިއެވެ.
ނަހުލާ އަލީގެ ފޭސްބުކް އެކައުންޓުގައި މިޚަބަރު ދޮގުކުރަމުން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަޖިލިސް ސެކްރެޓޭރިއޭޓް ބެލެހެއްޓުމަށް ފުރުސަތު ލިބުނު ކަމަށެވެ. ނަމަވެސް، އެފުރުސަތު ގަބޫލު ކޮށްފައި ނުވާނެ ކަމަށެވެ.
މީގެއިތުރުން ނަހުލާ ބުނެފައިވަނީ، ނަހުލާއަކީ ޕީޕީއެމް މީހެއް ކަމަށާއި ތާއީދުކުރަނީ ރައީސް ޔާމިނަށް ކަމަށެވެ. އަދި ސިޔާސީ ދާއިރާއިން މަތީތައުލީމް ހާސިލްކޮށްފައިހުރި މީހަކަށް ވާތީވެ ވަރަށްގިނަ ސިޔާސީ ފުރުސަތުތައް އަބަދުވެސް ލިބޭ ކަމަށެވެ.
ނަހުލާ ކާށިދޫ ދާއިރާގެ ސެކްރެޓޭރިއެޓް އަކަށް ހަމަޖެއްސިކަން މިއަދު އިއުލާން ކޮށްފައިވަނީ ޑީއާރުޕީ އިންނެވެ. އެޕާޓީގެ ރަސްމީ ޓުވިޓާ އެކައުންޓުން މިއަދުކުރި ޓުވީޓެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަޖިލިސް ސެކްރެޓޭރިއޭޓުގެ މަގާމަށް ނަހުލާ އަލީ ހަމަޖައްސަވައިފައިވާ ކަމަށެވެ.
Kaashidhoo dhaairaage member Hon @chairmanjabir ge Majlis Secretariate ge maqaamah Nahula Ali hamajassavaifi @mvpeoplesmajlis @VaguthuOnline @sunbrk @Mihaarunews @raajjemv pic.twitter.com/bPaUbUet3Y
— DRP (@drpmaldives) June 23, 2020
ނަހުލާ އަލީއަކީ މީގެކުރިން ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވުމަށްފަހު އެޕާޓީ ދޫކުރައްވައި ޕީޕީއެމް އާއި ގުޅިވަޑައިގެންނެވި ބޭކަނބަލެކެވެ.





ހިޔާލު
މީހުނަށް ނޭގެންޔަ ވަޒީފާއެއް ނުލިބޭ ދުވަސްކޮޅެއްގަވެސް ”ސެކެޓްރީ“ އޯކޭ
މީހުނަށް އެގެންޔާ، ކަމަކުނުދޭ