މާލެއާ 8768 ކިލޯމީޓަރ ދުރަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ސެންޓަރުން ވިދާޅުވީ، މާލެއާ 8768 ކިލޯމީޓަރ ދުރަށް މި ބިންހެލުން އައިސްފައިވަނީ ޕަޕުއާ ނިއުގިނީއަށް ކަމަށެވެ.
ރާއްޖެގަޑިން މިއަދު ހަވީރު 05:58 ގައި، ޕަޕުއާ ނިއުގިނީއަށް މި ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު އަޑިއަށެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ސެންޓަރުން ވިދާޅުވީ، ރެކްޓަރ މިންގަނޑުން 7.3 ގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އަސަރުކުރާނެކަމަށް "ނުބެލެވޭ" ކަމަށެވެ.
— Maldives Meteorology (@MetMaldives) May 14, 2019
އެމެރިކާގެ ޖިއޮލޮޖިކަލް ސެންޓަރުން ބުނެފައިވަނީ ޕަޕުއާ ނިއުގިނީއަށް އައިސްފައިވަނީ 7.5 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ކަމަށެވެ.