ރާއްޖޭގެ އެންމެ އުތުރާއި ދެކުނު ގުޅުވާލައި، އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީއާއި ދެމެދު ސީދާ ދަތުރުތަށް ފެށުމަށް ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ތައްޔާރުވެއްޖެއެވެ.
މޯލްޑިވިއަން އިން ހާމަކުރިގޮތުގައި ކުޅުދުއްފުށްޓާ އައްޑުއާ ދެމެދު ހަފްތާއަކު ދެ ދަތުރުކުރާނެއެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކުޅުދުއްފުށީ އެއާޕޯޓަށް އަދި ބުރާސްފަތިދުވަހު ކުޅުދުއްފުށިން ގަަމަށް ދަތުރުކުރާނެ ކަމަށް މޯލްޑިވިއަން އިން ހާމަކުރެއެވެ.
މޯލްޑިވިއަން އިން ހާމަކުރިގޮތުގައި އައްޑޫ އާއި ކުޅުދުއްފުއްޓާ ދެމެދު ކުރާ ދަތުުރުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1444 ރުފިޔާ އެވެ.
މި ފްލައިޓުތައް ދަތުރު ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓްރާންސިޓް ކުރުމަށްފަހު ކަމަށާއި ތެޔޮ އެޅުމަށް މަޑުކުރާ ވަގުތު ފަސިންޖަރުން ފްލައިޓުގައި މަޑު ކުރާނެ ކަމަށްވެސް މޯލްޑިވިއަން އިން ހާމަކުރެއެވެ.
އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީއާއި ދެމެދު ޝެޑިއުލް ދަތުރައް ފަށަނީ އެ ދެ ސަރަހައްދުގެ ދެމެދުގައި އިގުތިސާދީ ހަރަކާތްތައްް ހިންގުމަށް މަގުފަހިކުރަން އިކޮނޮމިކް މިިނިސްޓްރީން އިސްނަަގައިގެން ކަމަށްވެސް މޯލްޑިވިއަން އިން ބުނެފައިވެއެވެ.



