ޢަބްދުﷲ ޖާބިރު - ފޮޓޯ: ވީނިއުސް

ޒަހާ ކޮމެޓީއަށް ހާޒިރު ކުރުމަށާއި ފަލާހުގެ މައްސަލަ ބައްލަވައި ދެއްވުމަށް ޖާބިރުގެ 2 ސިޓީއެއް ނަޝީދަށް

ކާށިދޫ ދައީރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް 2 ސިޓީ އެއް ފޮނުވައިފިއެވެ.

ޖާބިރު ވަނީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު، މިނިސްޓަރުގެ މަސްޢޫލިއްޔަތުތައް އަދާކުރަމުން ދާކަމަށް އެމަނިކުފާނަށް ނުފެންނާތީވެ 7 ސުވާލެއް މިނިސްޓަރާއި ކުރުމަށް، ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މިނިސްޓަރ ޒަހާ ހާޒިރުކޮށްދެއްވުމުގެ އިންތިޒާމް ހަމަޖައްސަވައި ދެއްވުން އެދި ރައީސް ނަޝީދަށް ސިޓީއެއް ފޮނުވާފައެވެ.

ޖާބިރު ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި އަނެއް ސިޓީގައި ބުނެފައިވަނީ ފިޝަރީޒް މިނިސްޓަރ ޒާހާ، އެކަމަނާގެ މިނިސްޓަރީގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރަމުން ނުދާކަމަށް ފެންނާތީ އެކަމަނާ އާއި ސުވާލު ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ހާޟިރުކުރެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުން އެދި 01 ޖުލައި 2020 ވަނަ ދުވަހު ރައީސް ނަޝީދަށް ފޮނުވި ސިޓީއާއި ގުޅިގެން މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގައި ކޮމެޓީގެ މުޤައްރަރު މާފަންނު ހުޅަނގުދާއިރާގެ މެންބަރު މުހައްމަދު ފަލާޙް، ޖާބިރުގެ ޤާނޫނީ ޒިންމާއަށް ހުރަސްއަޅައި، އިމްތިޔާޒުތަކަށް އަރައިގަންފައި ވާކަމަށް ބުނެއެވެ.

ޖާބިރު ވިދާޅުވެފައި ވަނީ ފަލާޙް މިނިސްޓަރު ޒަހާ އާއި ވާހަކަ ދެއްކުމުން، ޖާބިރު އުޅުއްވަނީ މިނިސްޓަރާއި ޒާތީވެގެން ކަމަށް، މިނިސްޓަރު ޒަހާ ވިދާޅުވިކަމަށް ބުނެ ކޮމެޓީއަށް މިނިސްޓަރ ޖަހާ ހާޒިރުކުރަށް ނުފެންނަކަމަށް ދޭހަވާގޮތަށް ފަލާހު ވާހަކަފުޅު ދައްކަވާފައި ކަމަށެވެ. އެހެންކަމުން މިމައްސަލަ ބައްލަވައި ދެއްވާ މިފަދަކަންކަން ތަކުރާރު ނުވާނޭ ގޮތަކަށް ކަންކަން ތަރުތީބު ކޮއްދެއްވުމަށް ޖާބިރު ވަނީ އެދިލައްވާފައެވެ.

ޖާބިރުފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދަށް ކުރުމަށް ހުށައަޅާފައިވާ ސުވާލު ތައް

1. މަސްވެރިކަމާއި ބެހޭ ޤާނޫނާއި ގުޅިގެން ހަދަންޖެހޭ ޤަވާއިދުތައް ހަދަންޖެހޭ މުއްދަތުގައި ނެހެދުނީ ކީއްވެގެންތޯ؟

2. ސަރުކާރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ތެރެއިން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި މިއަދާއި ހަމައަށް ކުރެވުނީ ކޮންމަސައްކަތެއްތޯ؟

3. މިނިސްޓަރީގެ ދަށުގައިވާ ފަޅުރައްތަކާއި ގޮއިފާލައްޕަތަކުން ދައުލަތަށް އާމްދަނީއެއް ހޯދުމަށް ކުރެވުނީ ކޮންމަސައްކަތެއްތޯ؟ އަދި، މިހާރު ލިބެނީ ކިހާ އާމްދަނީއެއްތޯ؟

4. ދަނޑުވެރިން ހައްދާ ދަނޑުގޮވާން މާރކެޓްކޮށް ވިއްކުމަށް ކުރެވިފައިވަނީ ކޮންމަސައްކަތެއްތޯ؟

5. ލޭނުގެ މަސްވެރިކަން ހުޅުވާލުމަސް ހުރަސް އެޅިގެން އުޅެނީ ކިހިނެއްވެގެންތޯ؟ އަދި، ލީނުއެޅުމަށް ހުޅުވާލާނީ ކޮންއިރަކުންތޯ؟

6. ކޮވިޑް-19 އާއި ގުޅިގެން މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށް ރޭވިފައިވާވަނީ ކޮންކަމެއްތޯ؟ އަދި މިކަމުގެ އަމަލީ ސިފަފެންނާނީ ކޮންއިރަކުންތޯ؟

7. ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓްގައި މަސްވެރިކަމުގެ ދާއިރާއަށް އޮތީ ކޮންފުރުސަތުތަކެއްތޯ؟ އަދި އެފުރުސަތުތަށް ހޯދުން އަވަސްކުރުމަށްޓަކައި ތިޔަމިނިސްޓްރީއިން ކުރީ ކޮންމަސައްކަތެއްތޯ؟

ޖާބިރު ވަނީ މީގެ ކުރިންވެސް މިނިސްޓަރ ޒަހާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އަދި ޖާބިރު އެދިލެއްވުމުން މިނިސްޓަރ ޒަހާ ވަނީ މަޖިލީހަށްވެސް ހާޒިރު ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ