ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި | ފޮޓޯ: މަޖިލިސް

މެންބަރަކު އަވަހާރަކޮށްލާ ވާހަކަ ވެސް މަޖިލީހުގައި ދެއްކޭނެ: ނަޝީދު

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ވާހަކަތައް ރައްޔިތުންގެ މަޖިލިހުގައި ދެއްކޭނެ ކަމަށާއި މެމްބަރަކު “އަވަހާރަކޮށްލާ ވާހަކަ ވެސް” މަޖިލިހުގައި ދެއްކޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ގޮވާލައި ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިއުން މިއަދުގެ ޖަލްސާގައި އިއްވުމާއެކު ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ނިޒާމީ ނުކުތާއެއް ނަންގަވައި ފާހަގަ ކުރެއްވި ނުކުތާއަކަށް ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވަނީ އެއީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށާއި އެ ގަރާރަށް ބަހުސް ނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ. ދެ މެމްބަރުން އެގޮތަށް ވިދާޅުވުމުން ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ އެ މައްސަލައިގައި ކުރިއަށް ގެންދާނެ ގޮތަކާ މެދުގައި މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވި ގޮތުގައި އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާހާ ހިނދަކު ގަރާރެއް މެދުވެރިކޮށް ކޮންމެ ކަމަކަށް ވެސް މަޖިލީހުގައި ދެއްކެވިދާނެ ކަމަށާއި ޖާބިރުގެ ގަރާރު ވެސް ކުރިއަށް ގެންދެވޭނެ ކަމަށް އިވާ ވިދާޅުވިއެވެ. ނަމަވެސް އެ ގަރާރުގައި ބުނާ ކަންކަމަށް އޭނާ ވެސް ތާއީދު ނުކުރައްވާ ކަމަށްވެސް އިވާ ވިދާޅުވިއެވެ.

“މި މަޖިލީހުގައި ގަރާރަކުން ދެއްކިދާނެ ގާނޫނު އަސާސީ އުވާލާ ވާހަކަ ވެސް. މި މަޖިލީހުގައި ނުދެއްކޭނެ ހަމައެކަނި ވާހަކައަކީ އިސްލާމް ދީނުގެ އަސްލަކާ ހިލާފުވާ ވާހަކަ. މި މަޖިލީހުގައި ގަރާރަކުން އަޅުގަނޑުމެންނަށް ދެއްކި ދާނެ އިއްޒަތްތެރި މެންބަރަކު އަވަހާރަކޮށްލުމުގެ ވާހަކަ ވެސް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

ހިޔާލު

  1. ސަލީމް

    ވަރަށް ރަގަޅު ވާހަކަ ފުޅެއް، މަޘްވަރާ މަޖިލީސްގައި ދެއްކޭނެ ޙުރިހާ ޥާހަަކައެއް

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް