ލ. މާވަށަށް އުދައިގެ އަސަރުކޮށްފައި، ފޮޓޯ: މާވަށު ކައުންސިލް

ލ. މާވަށަށް އުދައަރާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ، ރައްޔިތުން ބިރުވެރި ކަމެއްގައި!

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މޫސުން ގޯސްވެ މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށް ރަށަށް އާދަޔާ ހިލާފަށް ބޮޑަށް އުދަ އަރަމުން އެބަދެއެވެ.

މިހާރު ރާއްޖޭގެ މޫސުން ގޯސްވެފައިވާ އިރު، ލ. މާވަށުގެ ބޮޑު ސަރަައްދަކަށް އުދައިގެ އަސަރުކޮށް، ތަކެއްޗާށާއި މީހުން އުޅޭ ގޯތި ގެދޮރަށް އެތައް ބޮޑެތި ގެއްލުމެއްވަނީ ލިބިއްޖެއެވެ.

މާވަށު ކައުންސިލުގެ ރައީސް، އަޙްމަދު މޫސާ މި ނޫހަށް މައުލޫމާތު ދިންގޮތުގައި، އިއްޔެއިންސުރެ މިއަދު ހެނދުނުގެ 8:00 އާއި ހަމައަށް، އެރަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ. އެގޮތުން އުދައެރުމުގެ ސަބަބުން، މީހުންއުޅޭ ގޯތި ގެދޮރަށާއި، ސްކޫލަށް އަދި ރަށުގެ ބޮޑެތި މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ސަބަބުން، މިވަގުތު ރައްޔިތުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގައި ކަމަށް ކައުންސިލުގެ ރައީސް މައުލޫމާތު ދިނެވެ.

ލ. މާވަށަށް އުދައިގެ އަސަރުކޮށްފައި، ފޮޓޯ: މާވަށު ކައުންސިލް

އުދައިގެ ސަބަބުން، ރަށުގެ މީހުން ދިރުއުޅޭ ގިނަ ގެތަކަށް ފެންގަނޑު ވަދެފައިވާއިރު، އައިސް އަލަމާރި ފަދަ ތަކެތި ހަލާކުވެފައިވާކަމަށްވެސް ކައުންސިލުގެ ރައީސް ފާހަގަކުރިއެވެ. އަދި ބައެއް ގެތަކުގެ ފޫޓު ފާރުތައްވެސް ވެއްޓިފައިވާކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.

ކައުންސިލުގެ ރައީސް ވިދާޅުވީ، އިއްޔެއިން ފެށިގެން ރަށަށް އުދައިގެ އަސަރު ކުރަމުން ދިޔައިރު، ހެދިފައިވާ ބޮޑު ފެންގަނޑު ހިންދުމުގެ މަސައްކަތާއި، ސާފުކުރުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ގުޅިގެން މިހާރު ކުރެވެމުންދާ ކަމަށެވެ.

އެމްއެންޑީއެފް ގެ ބޭފުޅުން މިއަދު 9:30 ހާއިރު އެރަށް އައިސްފައިވާކަމަށް ކައުންސިލުން ވިދާޅުވިއެވެ. އުދަ އެރުމާއި ގުޅިގެން، ރަށުގެ ބައެއް ސަރަހައްދުގެ މަގުތަކާއި ބައެއް ގެ ތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން މިހާރު ހަރަކާތްތެރިވަމުން އެބަދެއެވެ.

ލ. މާވަށަށް އުދައިގެ އަސަރުކޮށްފައި، ރަށު ރައްޔިތުން ސާފފުކުރަނީ، ފޮޓޯ: މާވަށު ކައުންސިލް

މީގެ އިތުރުން، މާދަމާވެސް ވަރަށް ބޮޑަށް އުދައަރާނެ ކަމަށް ލަފާކޮށްފައިވާތީވެ، ރަށުގެ ރައްޔިތުންގެ ތިބީ ހާސްކަމާއި ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އުދައިގެ އަސަރު ކޮށްފައިވާ ސަރަހައްދުގެ ރައްޔިތުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރެވުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދާކަމަށް މައުލޫމާތު ދިނެވެ.

ލ. މާވަށަށް އުދައިގެ އަސަރުކޮށްފައި، ފޮޓޯ: މާވަށު ކައުންސިލް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދައަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އިއްޔެ ބުނެފައި ވަނީ، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެކަމަށެވެ. އެގޮތުން ކުރިއަށް އޮތް 3 ދުވަހު ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅުއެރުމުގެ ފުރުސަތު ބޮޑު ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑި ތަކުގައި މިކަމުގެ އަސަރު ބޮޑުވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
212272
ގުޅުންހުރި ލިޔުންތައް

2 Responses

  1. Thedhu mauloomaathu dhee

    Mndf ais velibasthaa jahaane thaneh hieh nuvey onnaane heneh. Rashuge zuvaanun khaahsakoh resort boys ah hurihaa crediteh ??

  2. މާވަށު ޒުވާނާ

    ރަށުގެ ޒުވާނުން ނިކުމެ ރޭގަ ވަގުތެއްގައި ވަނީ ލޮނުގެ އަސަރު ކުރި ހުރިހާ ސަރަހައްދެއްގައި ވެލި ބަސްތާ ޖަހާފައެވެ. އެމްއެންޑީއެފް އަށް ކުރެޑިޓު ކައުންސިލުން ދިނުމަކީ ރަށުގެ ޒުވާނުންގެ ގަޔަށް ކޮޅުފައިން އެރުންކަހަލަ ކަމެކެވެ. ތިނޫހަށް އެކަން ފޮޓޯ އިން ހިއްސާ ކޮށްލެވިދާނެއެވެ.

    12
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ