އަބީޝޭކް ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެ

ބޮލީވުޑްގެ ފިލްމީ ތަރި އަބީޝޭކް ބައްޗަން ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެއެވެ.

އަބީޝޭކް ޕޮޒިޓިވުވިކަން އަންގައިފައި މިވަނީ އޭނާހެ ބައްޕަ އަމީތާބް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވުވިކަން ރޭ ހާމަކުރައްވައިފައި ވަނިކޮށެވެ. ކޮވިޑް-19 އަށް ޕޮޒިޓިވުވިކަން އަބީޝޭކްވަނީ އޭނާގެ ރަސްމީ ޓުވިޓަރ އެކައުންޓުގައި ރޭ ހާމަކޮށްފައެވެ.

މިގޮތުން އަމީތާބް ކުރި ޓުވީޓުގައި ބުނެފައިވަނީ، އޭނާ އާއި އޭނާގެ ބައްޕަ ކޮވިޑް އަށް ޕޮޒިޓިވުވެފައިވާ ކަމަށާއި އަދި މިހާރު ހޮސްޕިޓަލުގައި އެޑްމިޓްވެސް ކޮށްފައިވާ ކަމަށާއި އަދި މިހާރު އަންގަންޖެހޭ ތަންތަނަށް މިކަން އަންގައިފައިވާ ކަމަށެވެ. މީގެއިތުރުން އާއިލާ މެންބަރުންނާއި އަދި މުވައްޒަފުންވެސް މިބައްޔަށް ޓެސްޓު ކުރުމަށް މިހާރު ސާމްޕަލް ނަގައިފައިވާ ކަމަށެވެ.

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އައިޝްވާރިއާއާއި އިނދެގެން އުޅޭ އަބީޝޭކް އަކީ ފިލްމީ ތަރިއެއް އަދި ޕޮރޮޑިއުސަރ އެކެވެ. އެގޮތުން އޭނާ ކުޅެފައިވާ ބައެއް ފިލްމު ތަކުގެ ތެރޭގައި ދޫމް، ރަން އަދި ޔުވާ ހިމެނެއެވެ.

ކޮވިޑް-19 އަށް އިންޑިއާއިން މިހާތަނަށް 850,358 މީހުންވަނީ ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި އިންޑިއާއިން މިހާތަނަށް 22,687 މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ