ބޮލީވުޑްގެ ޒަމާންވީ އެކްޓަރު އަމީތާބް ބައްޗަންގެގެ އާއިލާ ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އަމީތާބްގެ ދަރި އަދި އެކްޓަރު އެބީޝޭކް ފިޔަވާ ދެން ތިބި އެންމެން މިހާރު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި މިކަމާއި އަމީތާބް ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
ކޮވިޑަށް ނެގެޓިވްވެ ހޮސްޕިޓަލުން ދޫކޮށްލުމުން، ވަރަށް ހިތްހަމަޖެހިއްޖެކަމަށާއި ނަމަވެސް ދަރިފުޅު އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމުން އެކަމާއި ދެރަވާކަމަށް އަމީތާބް އޭނަގެ ބޮލްގްގައި ލިޔެފައިވެއެވެ.
އަބީޝޭކްއާއި އަމީތާބް ކޮވިޑް-19 އަށް ފައްސިވެފައިވަނީ، މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. ޕޮސިޓިވް ވުމާއެކު މި ދެމީހުންވެސް ވަނީ މުމްބާއިގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައެވެ.
އޭގެ ކުޑަދުވަސްކޮޅެއްފަހުން، އަބީޝޭކްގެ އަންހެނުން އަދި އެކްޓްރެސް އައިޝްވާރިޔާ ރާއީ އާއި ދަރިފުޅު އާރަދިއާ ވެސް ވަނީ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައެވެ.
ބައްޗަން އާއިލާއިން މި ބައްޔަށް އެންމެ ފުރަތަމަ ޕޮސިޓިވް ވިކަން އިއުލާންކުރީ، ލެޖެންޑްރީ އެކްޓަރު އަދި އަބީޝޭކްގެ ބައަޕް އަމީތާބް ބައްޗަންއެވެ. އަދި އަބީޝޭކް ފިޔަވާ ދެން ތިބި އެންމެން ވަނީ ބައްޔަށް ނެގެޓިވްވެ ހޯމް ކަރަންޓީނަށް ބަދަލުކުރެވިފައެވެ.



