ފުރަތަމަ ފަހަރަށް ޓްރަމްޕް ފޭސް މާސްކް އަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުން ފަހުން އާންމުންގެ ތެރޭގައި ފުރަތަމަ ފަހަރަށް ފޭސް މާސްކް އަޅައިފިއެވެ.

އާންމުންގެ ތެރޭގައި މާސްކް އެޅުމަށް ދެކޮޅުހަދައިފައިވާ ޓްރަމްޕް، އިއްޔެ މާސްކް އަޅައިފައިވަނީ ވޮލްޓަރ ރީޑް ނޭޝަނަލް މިލިޓަރީ ސެންޓަރ އަށް އަނިޔާވެފައިވާ މީހުންނަށް ޒިޔާރަތްކުރިއިރުއެވެ.

ފޮކްސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނެފައިވަނީ ސިފައިންނާ އެކީ ހުންނައިރު އެއްވެސް ބައްޔެއް ފަތުރަން ބޭނުން ނުވާ ކަމަށާއި އެއްވެސް މީހަކަށް މައްސަލައެއް ދިމާވާން ބޭނުން ނުވާ ކަމަގައެވެ. އަދި މާސްކް އަޅަން އެއްވެސް މައްސައެއް ނެތް ކަމަށާއި މާސްކް އަޅާނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށް ބުނެފައި ވެއެވެ.

ޓްރަމްޕްވަނީ އޭނާއާއި ސިޔާސީ ގުތުން އިދިކޮޅު ޖޯ ބައިޑެން ފޭސް މާސްކް އެޅުމުން އެކަމަށް ފާޑުކިޔައިފައެވެ. މަނަވެސް ބައެއް ފަހަރު ޓްރަމްޕްވެސް ފޭސް މަސްކް އެޅުމާއި އެއްކޮޅަށް ވާހަކަ ދައްކައެވެ.

ދާދި ފަހުން ޓްރަމްޕް ވަނީ މާސްކް އަޅައިގެން އުޅެނިކޮށް މޭ މަހުގެ ފަހުކޮޅު ފެނިފައެވެ. އެގޮތުން ފެނިފައިވަނީ މިޝިގެންގައި އިންނަ ފޯޑް ޕްލާންޓުންނެވެ. ނަމަވެސް ޓްރަމްޕް މާސްކް އަޅައިފައިވަނީ ފެކްޓޮރީގެ ޕްރައިވޭޓް ހިސާބެއްގައެވެ. މީޑިއާ ތަކުގެ ކުރިމައްޗަށް އަރައިފައިވަނީ މާސްކް ނާޅައެވެ.

އެމެރިކާގައި މިހާތަނަށް 3.29 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮސިޓިވެފައިވާއިރު މިބަލިން ރަނގަޅުވެފައިވަނީ 970،000 މީހުންނެވެ. އަދި މި ބަލީގައި 137،000 މީހުން މަރުވެފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ