ރ. ހުޅުދުއްފާރު | ފޮޓޯ: މީދޫ ޓައިމްސް

ހުޅުއްދުއްފާރުން ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

ރ. ހުޅުދުއްފާރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހުޅުދުއްފާރުން ކޮވިޑް-19 އަށް މީހަކު ޕޮސިޓިވް ވެފައި އެރަށު ކައުންސިލުން މި ނޫހަށް ވަނީ ޔަޤީންކޮށްދީފައެވެ.

އެގޮތުން އެރަށު ކައުންސިލުގެ ރައީސް އަލީ ޖާވިދު ވިދާޅުވި ގޮތުގައި، އެ ރަށުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ، 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކޮށްފައިވާ މީހެކެވެ. އަދި ބައްޔަށް ފައްސިވިކަން އެނގުނީ، ރޭ ފަތިހު އެވެ. މި މީހާގެ ސާމްޕަލް ނަގާފައިވަނީ އިއްޔެ ކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.

ހުޅުއްދުއްފާރުން އަލަށް މީހަކު ފައްސިވެފައިވާއިރު، އެ އަތޮޅު ދުވާފަރުގައި ހޯމް ކަރަންޓީނުގައި ހުރި 3 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. ދުވާފަރު ކައުންސިލްގެ ނައިބުރައީސް ވިދާޅުވެފައިވަނީ އެރަށުން ޕޮޒިޓިވުވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ 3 މީހުން ކަމަށެވެ.އަދި މިއީ ކަރަންޓީނުގައި ހުރުމަށްފަހު ދޫކޮށްލި 3 މީހުންނެވެ.

މި ތިންމީހުން 14 ދުވަހު ހޯމް ކަރަންޓީނުގައި ތިބުމަށްފަހު ދޫކޮށްލައިފައިވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްފަހު ނަތީޖާ ނެގެޓިވްކަމަށް އެޗްޕީއޭ އިން އެންގުމުން ކަމަށް ވެއެވެ. ނަމަވެސް، ފަހުންވަނީ މިމީހުންގެ ނަތީޖާ ޕޮޒިޓިވުކަމަށް އަންގައިފައެވެ. އެހެންކަމުން ޕޮޒިޓިވުވި 3 މީހުން ރަށުގެ އެހެން މީހުންނާ ބައްދަލުވެފައިވާތީވެ އެޗްޕީއޭ އިން މިހާރުވަނީ ދުވާފަރު މޮނިޓަރިންގެ ހާލަތަށް ގެނެސް، އެރަށަށް އަރާ ފޭބުން މަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ