ރ. ހުޅުދުއްފާރު | ފޮޓޯ: މީދޫ ޓައިމްސް

ކަރަންޓީނުގައި ހުންނަންޖެހޭ މީހަކު ރަށުތެރޭގައި އުޅޭތީ ހައްޔަރުކޮށްފި

މާލެއިން ރ. ހުޅުދުއްފާރަށް ގޮސްފައިވާ މީހަކު ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް ރަށުތެރޭގައި އުޅެމުންދާތީ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

"އޭނާ ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަަށް ކަރަންޓީނުގައި ބެހެއްޓުމުން، ކަރަންޓީނުގެ އުސޫލުތަކާ ހިލާފަށް ތަކުރާރުކޮށް ގެއިން ބޭރަށް ނުކުމެ އުޅެމުންދާތީ ރަށު ކައުންސިލުން ތަކުރާރުކޮށް ނަސޭހަތްތެރިވެ އަދި ފުލުހުންވެސް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އޭނާ އެކަމަށް އިޖާބަ ނުދިނުމުން." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާއިރު، މި މައްސަލަ އުނގޫފާރު ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ