ކައުންސިލް އިންތިޚާބުން އަނެއްކާ އިތުރު 6 ކެންޑިޑޭޓަކު ނަން ނަގައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު (އެ ކޮމިޝަނުގެ ނަންބަރު IUL)38-AA/38/2020/5) އިޢުލާނުން) ހުޅުވާލުމާ ގުޅިގެން ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ 6 ކެންޑިޑޭޓަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ 2 ކެންޑިޑޭޓަކުން ނަން އަނބުރާ ގެންގޮސްފައިވާކަމަށެވެ.
އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައިވަނީ މީދޫ ދާއިރާ (އަންހެނުންނަށް ޚާއްޞަ ކޮށްފައިވާ ގޮނޑި) އަށް ކުރިމަތިލި ކެންޑިޑޭޓް ނަންބަރު 6 ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، ޢާއިޝަތު ޝޫޒާ، ކުދިމާވިލާ / ސ. މީދޫ އާއި، ކ. ތުލުސްދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލި ކެންޑިޑޭޓް ނަންބަރު 17 ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، ޙުސައިން އަރްޝަދު، ލާލު / ކ. ތުލުސްދޫ އާއި، ހއ. އުލިގަމު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލި ކެންޑިޑޭޓް ނަންބަރު 9 އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ނަސްރީނާ މޫސާ، ހިރުދުމާގެ / ހއ. އުލިގަންއާއި، ނ. މަގޫދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލި ކެންޑިޑޭޓް ނަންބަރު 11 އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ޖަޢުފަރު ޢަލީ، ޑައިމަންޑްވިލާ / ނ. މަގޫދޫގެ އިތުރުން ލ. އިސްދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލި ކެންޑިޑޭޓް ނަންބަރު 4 އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، އިބްރާހީމް ޙަމީދު، އާސްމާނުވިލާ / ލ. އިސްދޫއާއި، ގއ. ނިލަންދޫ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލި ކެންޑިޑޭޓް ނަންބަރު 12 އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ނަދީމް އަޙްމަދު، ހިލިހިލާގެ / ގއ. ނިލަންދޫއެވެ.
އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުން ނަން ނަގާފައިވަނީ ލ. މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލި ކެންޑިޑޭޓް ނަންބަރު 5 ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، ޢާއިޝަތު ޞަޠުމާ، ފިތުރޯނުވިލާ، ލ. މާމެންދޫ އަދި ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިަތިލި ކެންޑިޑޭޓް ނަންބަރު 16 ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، އާމިނަތު ރަޙީމާ، ފޯލައިޓް، ލ. ކަލައިދޫއެވެ.
ކައުންސިލް އިންތިޚާބުން އިތުރު ހަތަރު ކެނޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފި




