ހދ ނޮޅިވަރަމު، ކުލަބު ހުވާހުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ "ކުލަބު ހުވާސް ރަމަޟާން ވޮލީ މުބާރާތް 1440" ގެ ޗެމްޕިއަންކަން ސުކޫލު ޓީމުން ހޯދައިފިއެވެ.
ސުކޫލު ޓީމުން މުބާރާތް ކާމިޔާބުކޮށްފައިވަނީ، ރޭ ކުޅުނު ފައިނަލު މެޗުގައި ރިއަލް ކުލަބު ތިނެތިން އެކަތި (އާރސީޓީއީ) އާ ބައްދަލުކޮށް 3 ސެޓު 1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ދެ ސެޓު 25-18 އަދި 25-16 އިން ސުކޫލު ޓީމުން ކާމިޔާބު ކޮށްފައިވަނިކޮށް އާރސީޓީއީން ވަނީ ތިންވަނަ ސެޓު ނަގައިފައެވެ. މި ސެޓު އާރސީޓީއީން ކާމިޔާބު ކުރީ 28-26 އިންނެވެ. ފޯރިގަދަ ކުޅުމަކަށްފަހު 4 ވަނަ ސެޓު ސުކޫލުޓީމުން ކާމިޔާބުކުރީ 25-20 އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ، ސުކޫލު ޓީމުގެ #16 ޞާދިޤު މޫސާ (ސޯދު) އެވެ. ސޯދުވަނީ މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރޭގައި ވެސް ހިމެނިފައެވެ. ސޯދުއަކީ ހަނިމާދޫއަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރެއިން 4 ކުޅުންތެރިއަކު ވަނީ މުބާރާތުގެ ވަނަތަކެއް ވެސް ހޯދާފައެވެ. މިގޮތުން ފާހަގަކޮށްލެވެނީ، މުބާރާތުގެ ބެސްޓު ރިސީވަރ، ސުކޫލު ޓީމުގެ #20 ޢަލީ ރަޝީދު؛ ބެސްޓު ސެޓަރ، އާރސީޓީއީގެ #16 ހުސައިން ހަމީދު؛ ބެސްޓު ސްފައިކަރ: އާރސީޓީއީގެ #9 އާދަމު ހުސައިން؛ ބެސްޓު ބުލޮކަރ، އާރސީޓީއީގެ #7 މުޙައްމަދު ރަޝީދު އެވެ. މީގެ ސުކޫލު ޓީމުގެ #16 ޞާދިޤު މޫސާ (ސޯދު) އަދި ސުކޫލު ޓީމުގެ #17 ސައިފުﷲ ޝަހީދު މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނެވެ.
މުބާރާތުގެ ފެއަރ-ޕްލޭ ޓީމަކީ، މުބާރާތުގެ ޗެމްޕިއަން ސުކޫލު ޓީމެވެ. މުބާރާތުގެ ރަނަރ-އަޕް އާރސީޓީއީ ގެ އިތުރުން ދެން މި މިބާރާތުގައި ވާދަކުރީ ޓީމް ރަހަތަފާތެވެ.





ހިޔާލު
Article kiyaa nimununiru ves mee kon rashehgai beyvvi mubaaraatheh kameh, club huvaas akee kon baehnkameh, championkan hoadhee kon school team eh kameh neyngunu