މާފުށީގެ ބިން ހިއްކުމާއި ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިނަމާލައިފި މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މާފުށީގެ ބިން ހިއްކުމާއި ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ގޮނޑުދޮއް ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑެތި ގާތައް ޕްރޮޖެކް ސައިޓަށް ގެންގޮސްފައިވާކަމަށާއި މަޝްރޫޢުއަށް ބޭނުންވާ 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް 14 ޖޫން 2020 ގައި ނިމްމައިފައިވާކަމަށް އެމްޓީސީސީ ބުނެފައިވެއެވެ. އަދި މުޅި މަޝްރޫޢުގެ %66 މިހާރު ނިންމާލެވިފައިވާކަމަށެވެ.
އެމްޓީސީސީ އިން ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން 1110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހޭނެކަމަށާއި މި މަޝްރޫއު އަކީ މާފުށީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ފަށާފައިވާ ޕްރޮޖެކްޓެއްކަމަށެވެ.

މާފުށީގެ ބިން ހިއްކުމާއި ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ 27 އޯގަސްޓް 2019 ގައި އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އަދި މި މަޝްރޫޢަށް 99.98 މިލިއަން ރުފިޔާ ހޭދަވާނެއެވެ.




